twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ލައިފް ސްކިލް ފޯރ ކޮމިޔުނިޓީ ބިލްޑިން ވޯރކްޝޮޕް ޓު އެންހޭންސް ސޭފް އައިލެންޑް ޕްރޮގްރާމް ފަށައިފި

Jun 18, 2011

ލައިފް ސްކިލް ފޯރ ކޮމިޔުނިޓީ ބިލްޑިން ވޯރކްޝޮޕް ޓު އެންހޭންސް ސޭފް އައިލެންޑް ޕްރޮގްރާމްގެ ނަމުގައި ކުޅުދުއްފުށީ ގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ ޔޫ.އެން.އޯ.ޑީ.ސީ ގެ އެހީތެރިކަމާއެކު ޑިޕާރޓްމެންޓް އޮފް ޑްރަގް ޕްރެވެންޝަން އެންޑް ރިހިބިލިޓޭޝަން ސަރވިސެސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ މައިގަނޑު މަޤުސަދަކީ އަޅުގަނޑުމެންގެ މާހައުލަކީ މަސްތުވާތަކެތިން ސާފު ވެފައިވާ ރައްކާތެރި މާހައުލަކަށް ހެދުން ކަމަށް މިޕްރޮގްރާމް އިންތިޒާމް ކުރާ ފަރާތުން ހާމަ ކުރެއްވިއެވެ.

14 ބައިވެރިންނާއެކު މިޕްރޮގްރާމް މިމަހުގެ 18 ން 24 ށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަ ޖެހިފަ އެވެ. މިޕްރްގްރާމް ހދ. ކުޅުދުއްފުށި އަދި ހދ.ނޭކުރެންދޫގައި ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ފުރާވަރުއުމުރުގެ ކުދިންނަށާއި ސްކޫލްތަކުގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ނަށާއި ޓީޗަރުން ނަށް އަދި ބެލެނިވެރިންނަށެވެ. މި ޕްރޮގްރާމް ގައި މައުލޫމާތު ދެއްވަނީ ޑިޕާރޓް މަންޓް އޮފް ޑްރަގް ޕްރެވެންޝަން އެންޑް ރިހިބިލިޓޭޝަން ސަރވިސެސްގެ 3 ކައުންސިލަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355