twitterviber whatsapp telegramfacebookyoutube instagram
10th August 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެވޭ ދަތުގެ ފަރުވާގެ ހިދުމަތް އިތުރަށް ފުޅާކޮށްފި

Jun 22, 2011

މުހައްމަދު އާދަމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ދެމުންގެންދާ ޑެންޓަލްގެ ޚިދުމަތް ނުވަތަ ދަތުގެ ފަރުވާ އިތުރަށް ފުޅާކޮށްފިއެވެ.

ހަމައެކަނި ދަތްނެގުމާއި ދަތްތައް ސާފުކުރުމުގެ ޚިދުމަތް ކުރިން ދިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެކަންތައްތަކުގެ އިތުރުން އިއްޔެއިން ފެށިގެން ވަނީ ފިލިންގ ނުވަތަ ދަތްތަކަށް ފުޓުނި އެޅުމުގެ ޚިދުމަތް ދޭންފަށާފައެވެ. އަދި ރޫޓް ކެނަލް ހެދުމުގެ ޚިދުމަތްވެސް އިއްޔެއިން ފެށިގެން ލިބޭނެކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

“ބޮޑެތި މީހުންގެ ދަތްތަކުގެ އިތުރުން ކުޑަކުދިންގެ ދަތްތަކަށްވެސް ފުޓުނި އެޅޭނެ.” ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރ ޝީޒާ މައުލޫމާތު ދެއްވިއެވެ. “ރޫޓް ކެނަލް ހެދުމަށް ބޭނުންވާ ތަކެތި ވެސް މިހާރު އެބަހުރި. އޭރުން ބުޑުގަނޑާއި ހިސާބުން ފަނިކައިފަ ހުންނަ ދަތްވެސް ނުނަގަ ރަނގަޅު ކުރެވޭނެ.”

މިޚިދުމަތްތަކަކީ މީހުން މިހާރުވެސް ވަރަށް އެދެމުން އަންނަ ޚިދުމަތްތަކެއްކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އަދި ދަތް ހަދާ ލެބޯޓްރީއެއް ނެތްކަމުގައި ވިޔަސް މާލޭގެ ޑެންޓަލް ކްލިނިކަކާއި ގުޅިގެން ވަރަށް އަވަހަށް ދަތްހެދުމާއި ދަތްޖެހުމުގެ ޚިދުމަތް ތަޢާރަފް ކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށްވެސް މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355