އިކޮނޮމިކް މިނިސްޓަރުގެ މަގާމުން މުހައްމަދު ސައީދު ވަކި ކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީން ފެއިލް ކޮށްލައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު އެމްޑީޕީގެ 13 މެންބަރުން ސޮއި ކުރައްވައި ސައީދުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅީ އޭނާ ވަޒީރު ކަމުގެ ހުވަޔާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ސައީދު ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރެކެވެ. އަދި އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.
"ސައީދުގެ އިތުބާރު ނެތް ކަމަކަށް ރައްޔިތުންގެ މަޖިލީހަކުން ފާހެއް ނުވި،" ވޯޓަށް ފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ނިންމީ ހަ މައްސަލައަކަށް ރިއާޔަތްކޮށެވެ. އެއީ؛
އެ މައްސަލާގައި ސައީދު މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ. އަދި އޭނާ ވަނީ އެމްޑީޕީން ކުރި ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.