twitterviber whatsapp telegramfacebookyoutube instagram
20th May 2024

ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އަރައިފި

Jun 22, 2011

8 މީހުންނާއިއެކު ހދ. ކުޅުދުއްފުށިން ފުރައިގެން ކުމުންދޫއަށް ދަތުރުކުރި ކުމުންދޫ (ރޭސް) ނަމަކަށް ކިޔާ ސަތަރި ދޯނި ކުމުންދޫ ފަޅަށް ވަންނަން އުޅެނިކޮށް ކުމުންދޫ ފައި ކަށްޓަށް އަރާ ދޯނި ހަލާކުވުމުގެ ސަބަބުން އަޑިއަށް ހިންގައްޖެއެވެ.

ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ. މި ދޯންޏަކީ 14 މީޓަރު ވަރުގެ ސަތަރި ދޯންޏެކެވެ. މިހާދިސާ ހިނގުމުން ރަށުގެ ރައްޔިތުންނިކުމެ ފީފާ އަށްސައިގެން ދާމާފައިގެނެސް މިހާރު މިދޯނި ވަނީ ކުމުންދޫ ފަޅަށް ވައްދާފައެވެ.

މިހާރު ދޯނީގެ އިންޖީނު ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މިރަށުގެ ބަނދަރު ހަދާފައިވަނީ ހެވީލޯޑް މޯލްޑިވްސް އިން ނެވެ. މިރަށުގެ ބަނދަރާވަނީ ރަސްމީކޮށް ހަވާލުނުވެފައެވެ. ކުމުންދޫގެ ނެރު މައްޗަކީ ވަރަށް ބޮޑެތި ރާޅު ހުންނަތަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355