twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 115 ދަރިވަރުން ބައިވެރިވެއްޖެ

Jun 22, 2011

މުހައްމަދު އާދަމް

ކުޅުދުއްފުށި އޮންލައިން އިން އިންތިޒާމުކޮށްގެން ޖަލާލުއްދީން ސްކޫލުގެ ދިވެހި ކްލަބުގެ އެހީތެރިކަމާއެކު ބާއްވަން ހަމަޖެހިފައިވާ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކުޅުދުއްފުށި އޮންލައިންގެ މެނޭޖުމެންޓުން ބުނެފި އެވެ.

ކުޅުދުއްފުށި އޮންލައިންގެ މެނޭޖުމެންޓުން މައުލޫމާތު ދޭގޮތުގައި، މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް 115 ދަރިވަރުން ނަންނޯޓު ކޮށްފައިވާއިރު، ދެބަޔަކަށް ބަހާލައިގެން ބާއްވާ މިކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ގްރޭޑް 8 އަދި 9 (ޖޫނިއަރ ގްރޫޕް) ގެ 50 ދަރިވަރުން އަދި ގްރޭޑް 10، 11 އަދި ގްރޭޑް 12 މިތިން ގްރޭޑުން (ސީނިއަރ ގްރޫޕް) 65 ދަރިވަރުން ބައިވެރިވުމަށް ނަންނޯޓު ކޮށްފައިވެ އެވެ.

މި މުބާރާތުގައި ވާހަކަ ލިޔަން ޖެހެނީ ހަވާލުކުރެވޭ ފެށުންތަކެއްގެ ތެރެއިން ކޮންމެވެސް އެއް ފެށުމަކަށް، ނުވަތަ ހަވާލުކުރެވޭ ނަންތަކެއްގެ ތެރެއިން ކޮންމެވެސް އެއްނަމަކަށް ، އޭ ފޯ ސައިޒްގެ 2 ޞަފްހާއަށްވުރެ ކުރުނޫން އަދި 3 ޞަފްހާއަށްވުރެ ދިގުނޫން މިންވަރަކަށް ކަމަށް މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަލާލުއްދީން ސްކޫލުގެ ދިވެހި މުދައްރިސް އަހުމަދު ޒަކަރިއްޔާ މައުލޫމާތު ދެއްވިއެވެ.

މުބާރާތާގެ ދެބައިން އެންމެ މޮޅު 3 ވާހަކަ ހޮވާއިރު މުބާރާތުގައި ލިޔާ އެންމެ ރަނގަޅު 10 ވާހަކަ ކުޅުދުއްފުށި އޮންލައިން މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދޭނެކަމަށް ކުޅުދުއްފުށި އޮންލައިންގެ މެނޭޖުމަންޓުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355