twitterviber whatsapp telegramfacebookyoutube instagram
20th May 2024

ސްކޫލްތަކުގެ ބެލެނިވެރިންގެ މެދުގައި ނެޓްބޯޅަ މުބާރާތަކާއި ބާސްކެޓްބޯޅަ މުބާރާތެއް ބާއްވަނީ

Jun 23, 2011

މުހައްމަދު އާދަމް

ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތަކާއި ބާސްކެޓްބޯޅަ މުބާރާތެއް ޖުލައި 1 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އަންނަ މަހު ފަށާ މިދެ މުބާރާތުގެ ތެރެއިން ނެޓްބޯޅަ މުބާރާތުގެ މަޤްޞަދަކީ ކުޅުދުއްފުށީގައި އަންހެނުންނަށް އަމާޒުކޮށްގެން މުބާރާތްތައް ބޭއްވެމުން ނުދާތީ އާއި ސްކޫލްތަކުގެ ބެލެނިވެރިން ކުޅިވަރަށް އަހުލުވެރިކުރުވުން ކަމަށް އެކްލަބުން މައުލޫމާތު ދެއެވެ. އަދި އޭގެއިތުރުން ބެލެނިވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ނެޓްބޯޅައަށް އޮންނަ ލޯބި އިތުރުކުރުމަކީވެސް މިމުބާރާތުގެ މަޤުޞަދެއްކަމަށް ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބުގެ ނައިބު ރައީސް ނަދީމާ މުޙައްމަދު ވިދާޅުވިއެވެ.

ނެޓްބޯޅަ މުބާރާތާއެކު ބާސްކެޓްބޯޅަ މުބާރާތެއް ބާއްވަން ހަމަޖެއްސީ ބެލެނިވެރިންގެ އެދުމުގެމަތީން އެފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެކްލަބުން މައުލޫމާތު ދެއެވެ.

ޖުލައި 01 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގެ ތެރެއިން ނެޓްބޯޅައިގައި ކުޅުދުއްފުށީގައި ހުންނަ ފަސް ސްކޫލްކަމުގައިވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ.އަތޮޅު ތައުލީމީ މަރުކަޒު، އަމީރު އަމީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީސްކޫލް ބައިވެރިވެފައިވާއިރު ބާސްކެޓް ބޯޅައިގައި ބައިވެރިވެފައިވަނީ އަމީރު އަމީން ސްކޫލް، އިރުމަތި އަވަށު ޕްރީސްކޫލާއި ހދ.އަތޮޅު ތައުލީމީ މަރުކަޒު އިތުރުން އަފީފުއްދީން ސްކޫލެވެ.

ސްކޫލް ބަންދު ދުވަސްތަކުގައި ހަވީރުއާއި ރޭގަނޑު އަދި ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްވުވަހުގެ ރޭގަނޑު މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތްތައް ކުރިއަށްދާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355