twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަރާއިން އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ

Aug 2, 2011

ރަމަޟާން މަހުގެ ދުވަސްތައް ގުނަންފެށިފައި ވާއިރު މިދުވަސްވަރު އެންމެ މަގުބޫލު މޭވާއަކަށް ވެފައިއޮންނަނީ ކަރައެވެ. އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހަށް ހާއްސަކޮށް ކަރާހައްދާ ވިޔަފާރިކޮށް އެއިން އެއްބަޔަކު ވަރަށް ބޮޑު މަންފާއެއް ހޯދައެވެ. ރޯދަ ވީއްލާ ގަޑީގައި ކަރާފަނި ތައްޓެއް ނެތިއްޔާ މޭޒުމަތި ފަޅު ކަމަށް ދައްކައެވެ. މިދުވަސްވަރު ކަރާގެ އެކިވައްތަރު ވައްތަރުގެ ބުއިންތަކަށް އިންސާފު ކުރަމުން ދާއިރު ކަރައިން ލިބޭފައިދާތަކަށް ބަލާލުން ކީއްތޯއެވެ؟

ކަރައާއި ކަރާ ތޮށީގައި ގިނަގުނަ ފައިދާތަކެއް ވެއެވެ. މިޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި، ކަރައިން ލިބޭ ޞިއްހީ ފައިދާތައް ހިމަނާ ކޮޅުންނުލާހައި ގިނައެވެ. ހާއްސަކޮށް ގޮހޮރާއި ކިޑްނީގެ ސަލާމަތްތެރިކަމަށް ކަރައަކީ މުހިއްމު އެއްޗެކެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ކަރައަކީ ހަމައެކަނި ކަރުހިއްކުން ފިލުވައިދޭ އެއްޗެއް ނޫނެވެ. އޭގެ އިތުރުން ހަންގަނޑު ކުރަކިނުވެ ތެތްކޮށް ބަހައްޓައިދީ ހަށިގަނޑު ތާޒާކޮށްދެއެވެ. އެއީ މައިދާއާއި ގޮހޮރުގެ އެތެރެ އޮމާންކޮށްދޭ އެއްޗެކެވެ. ހަޖަމު ކޮށްދިނުމަށް އެހީވެދޭ މާއްދާއެއްވެސް އޭގައި ހިމެނެއެވެ. އަދި ލޭ ވަރުގަދަކޮށް ކިޑްނީއަށް ޖަމާވާ ހިލަތައް މުގުރާލާ ބާރެއްވެސް އޭގައި ވެއެވެ. އަދި ހަކަތަ އުފެއްދުން ހީވާގިކޮށްދޭ އަރަގެއް ވެސް އޭގައި ވެއެވެ.

ކަރާއަކީ ހަމުގެ ބަލިތައް މަތަކުރާ މާއްދާއެއް އެކުލެވޭ އެއްޗެއްކަން ސައިންސްވެރިން ކޮށްފައިވާ ތަހުލީލުތަކުން ދައްކައެވެ. އަދި ކަރާ އޮށަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް އޮތް ފަރުވާއެކެވެ. ކަރާވެލުގެ މުލަކީ ޒަހަމްވާ ތަންތަނުން ލޭމަނާކުރުމަށް ބޭނުން ކުރެވިދާނެ ބޭހެކެވެ.

ކާބޯތަކެއްޗާބެހޭ މާހިރުން ބުނަނީ، ކަރައަކީ ފައިދާހުރި ގިނަގުނަ އުންސުރުތައް މަތީ ދަރަޖައަކަށް އެކުލެވިފައިވާ މޭވާއެއް ކަމަށެވެ. މުޅިދުވަހު އިންސާނަކަށް ބޭނުންވާވަރަށް އޭގައި ފެނާއި، ވިޓަމިނާއި، މިނަރަލްސް ހިމެނެއެވެ. ހާއްސަކޮށް ހޫނުގަދަ ދުވަސްތަކުގައި އޭގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން އެއީ އެތައް ތަރުކާރީއަކާއި އެއްގަމު މަހުން ނޫނީ ނުލިބޭނެ މާއްދާތަކާއި އުންސުރުތައް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.

ކަރާގެ ބަރުދަނުގެ 92 އިންސައްތައަކީ ފެނެއެވެ. އަދި އޭގައި ކޮންމެވެސް ވަރަކަށް ލޮނދި މާއްދާއާއި ތެޔޮ ހިމެނެއެވެ. އޭގައިވާ ހަކުރުގެ ނިސްބަތް 8 އިންސައްތައަށް އަރައެވެ. ނަމަވެސް މިނިސްބަތް އެކިމޫސުމުގައި ތަފާތެވެ. ވިޓަމިން އޭ އާއި ވިޓަމިން ސީ ވެސް އޭގައި މެދު މިންވަރަކަށް ހިމެނެއެވެ. އޭގައިވާ ބޭސްވެރިކަމުގެ ބަޔާއި އަޅާބަލާއިރު ކާނާގެ ބައިކުޑައެވެ.

ކަރާއިން ލިބިދޭ އެތައް ނިއުޓްރިޝަންއެއްގެ ސަބަބުން ކަރާ ވެފައިވަނީ އެތައް ބައްޔެއްގެ ޝިފާއަކަށް ވެފައެވެ. ބަނޑުހިއްކުމާއި ހަމުން ދިލަނެގުން ކަރާއިން ލުއިކޮށްދެއެވެ. ކުޑަ ގިފިލި ކުރުމަށް އެހީތެރިވެދީ ލޭސާފު ކޮށްދެއެވެ. ކިޑްނީގެ ބަލިތަކާއި ފުރަގަސްފަރާތު ބަލިތަކަށްވެސް އެއިން ފަރުވާލިބެއެވެ.

ކާނާއެއްގެ ގޮތުން ބަލާއިރު ކަރާއަކީ، ޖެހިލުމެއްނެތި ބަނޑު ފުރެންދެން ކެވިދާނެ އެއްޗެކެވެ. އެއީ ގިނައިން ކަރާކެޔަސް ފަލަވެދާނެ ކަމުގެ ބިރެތް ނެތަތީވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355