twitterviber whatsapp telegramfacebookyoutube instagram
24th July 2026

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި 15 ޓީމު ބައިވެރިވެއްޖެ

Oct 2, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކުގެ މެދު ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި 15 އޮފީހަކުން ބައިވެރިވެފައިވާ ކަމަށް އެމުބާރާތް އިންތިޒާމް ކުރާ ޒިގްޒެގް ޖަމިއްޔާއިން ބުނެފި އެވެ.

ޒިގްޒެގް ޖަމިއްޔާގެ އޮފިޝަލެއްކަމަށްވާ ޢަބްދުއްސަލާމް އާދަމް ވިދާޅުވީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 15 ފަރާތަކުން ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ތެރޭގައި މަތިއުތުރު ގައުމީ އިދާރާ، ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ޕޯރޓް ލިމިޓެޑް، ކުޅުދުއްފުށީ ހޮސްޕިޓަލް، ކަސްޓަމްސް އަދި ދިރާގު ހިމެނެއެވެ. މީގެ އިތުރުން ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލު، ހދ އަތޮޅު ތަޢުލީމީ މަރުކަޒް، ކުޅުދުއްފުށީ ޕޮލިސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު، އެސްޓީއޯ، އެމްޑަބުލިޔުއެސްސީ، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އަދި ކުޅުދުއްފުށީ އިންޖީނުގެއިން މިމުބާރާތުގައި ބައިވެރިވެފައި ވެއެވެ.

ސަރުކާރު އޮފީސްތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ފެށޭނީ މި އޮކްޓޯބަރ މަހުގެ 9 ގައެވެ. މިމުބާރާތުގެ މެޗުތައް ކުޅޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355