twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދަތް އުނގުޅާ ބުރުހެއް ހޯދާއިރު ވިސްނަންވީ ކޮންކަންކަމަކަށް؟

Oct 24, 2011

.

“ޢ”

ދަތް އުނގުޅާ ބުރުހެއް ގަންނައިރު އަހަރެމެންނަށް ގިނަފަހަރަށް ބެލެނީ ބުރުހުގެ ކުލައަށާއި، ޑިޒައިނަށާއި، އިޝްތިހާރުގައި ބުރުހާބެހޭ ގޮތުން ކަނޑާފައިވާ ފޮންޏަށެވެ. ނަމަވެސް ދަތްއުނގުޅާ ބުރުހެއްގެ އެންމެ މުހިންމު އަސާސީ ބޭނުމަކީ ރީތިކޮށް ދަތްތަކުގެ ހުރިހާ ހިސާބެއް ސާފުކުރުމެވެ.

އިލެކްޓްރިކް ދަތްއުނގުޅާ ބުރުސް އާދައިގެ ބުރުހަކަށްވުރެ ރަނގަޅުވާނެ ކަމަށް ގަބޫލްކުރާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ހަގީގަތަކީ، އާދައިގެ ބުރުހަކަށްވުރެ އިލެކްޓްރިކް ދަތްއުނގުޅާ ބުރުހެއް ވަކި ރަނގަޅު ނޫންކަމެވެ. ބަލިމީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އާދައިގެ ބުރުހަކަށްވުރެ އިލެކްޓްރިކް ބުރުހެއް ރަނގަޅުވެދާނެއެވެ.

ބުރުސް ބަދަލުކުރުން:

• ދަތްއުނގުޅާބުރުހުގެ ޢުމުރަކީ ތިން މަސްދުވަސް ކަމަށް ހަދާށެވެ. ތިންމަސް ވުމުގެކުރިން ބުރުހުގެ ނަރުތައް ކިސުޅިވެ، ފައިބަން ފަށައިފިނަމަ އަވަހަށް އާ ބުރުހެއް ހޯދާށެވެ.

• ބުރުހުގެ ނަރުތައް ދެތިން ހަފުތާތެރޭ ފައިބަން ފަށައިފިނަމަ، ދަތްއުގުޅަން ޖެހޭ ވަރަށްވުރެ މާ ބާރަށް ދަތްއުނގުޅަނީ ކަމަށް ވުން އެކަށީގެންވެއެވެ.

• އަރިދަފުސް ރޯގާ ފަދަ ރޯގާއެއް ޖެހިގެން އުޅޭ ދުވަސްވަރު ބޭނުންކުރި ބުރުސް، ރޯގާ ރަނގަޅުވުމުން ބަދަލުކުރާށެވެ. މިގޮތަށް ކަންތައްކުރަން ޖެހެނީ ބުރުހުގައި ރޯގާގެ ޖަރާސީމު ހުރިކަމަށްވާނަމަ ދެވަނަ ފަހަރަށް ރޯގާޖެހުން އެކަށީގެންވާތީއެވެ.

ބުރުހުގެ މުށްގަނޑު ފަރުމާކޮށްފައިވާގޮތުން ދަތްތައް ސާފުކުރުމަށް ސީދާގޮތުން މާބޮޑު ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް ބުރުހުގެ މުށްގަނޑު އަތަށް ފަސޭހަތޯ ބަލާށެވެ. ބުރުހުގެ ނަރުތައް ވާންޖެހޭނީ މަޑު ނައިލޯން ނަރުތަކަކަށެވެ. ނަރުތައް މަޑުކަމަށް ވާނަމަ، ދަތްއުނގުޅާއިރު، ނަރުތަށް ފަސޭހަކަމާއެކު ލެނބޭނެއެވެ. ބުރުހުގެ ‘ބޯ’ ތައްޔާރުކޮށްފައިވާ ބައްޓަން ވަރަށް މުހިންމެވެ. ބޮލުގެ ސައިޒްކުޑަ ބުރުހެއް ހޯދާށެވެ. ބުރުހުގެ ބޮލުގެ ސައިޒު ބޮޑުނަމަ ދަތްޕިލާގެ ހުރިހާ ހިސާބުތަކެއް ސާފުކުރަން އުނދަގޫ ވާނެއެވެ.

އަނގައިގެ ސިއްހަތު ވަރަށް މުހިންމުކަން ހަނދާނުގައި ބަހައްޓާށެވެ. ދަތްތަކުން ގާފޮރިއާއި ކޮބަޑި ފިލުވާލާ، އަނގައިގެ ވަސް މީރުކޮށްލުމުން ދިރިއުޅުން ވަރަށް އުފާވެރިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355