twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޑައިޓް ކުރުމުގައި ބޭނުންތެރި 5 ކާނާ

Jan 11, 2012

.

ސީމާ ޙަސަން

ޑައިޓް ކުރާއިރު މުހިއްމީ ކާއެއްޗެހި ކެވޭ މިންވަރު ކޮންޓްރޯލު ކުރުން އެކަންޏެއް ނޫނެވެ. އެކެވޭ އެއްޗަކުން ލިބޭ ނިއުޓްރިޝަނަށް ވެސް ބަލައިގެން އުޅުން މުހިއްމެވެ. ތިރީގައި މި ހިމަނާލާ 5 ކާނާއަކީ، ރީތިކޮށް ހަށިގަނޑު ބެހެއްޓުމަށާއި، ޑައިޓް ބެލެންސް ކުރުމަށް އެހީވެދޭނެ ކާނާއެވެ.

1. ފެހިކަން ގަދަ ތަރުކާރީ / ލީފީ ވެޖެޓަބަލްސް

ގިނަ ބޭފުޅުން މިފަދަ ތަރުކާރީ އެހާ ކާހިތެއް ނުވެއެވެ. ނަމަވެސް މިބައި ޑައިޓްގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބްރޮކޮލީ، އަސްޕަރަގަސް، ލެޓިއުސް އަދި ސްޕިނަޗްއަކީ ވަރަށް ގިނައިން ވިޓަމިން ސީ، ވިޓަމިން ކޭ، ފޮލިކް އެސިޑް އަދި ފައިބަރ ހުންނަ ތަރުކާރީ އެވެ. މިތަކެތި ހަޖަމްކުރުމުގައްޔާއި ބަލިތަކުން ރައްކާތެރި ވުމުގައި ވަރަށް އެހީވެދެއެވެ. ހާއްސަކޮށް ފައިބަރ އެވެ. މީގެ އިތުރުން މިބާވަތުގެ ތަރުކާރީގައި، އަޔަން، މެގްނީސިއަމް، ޕޮޓޭސިއަމް އަދި ކެލްސިއަމް ފަދަ ދަގަނޑުގެ ބާވަތް ހިމެނެއެވެ.

2. ގޮވާމުގެ ބާވަތް / ގްރެއިންސް

ކޮންމެ ގޮވާމެއްގައި 96 ނިއުޓުރިޝަން އެކުލެވެއެވެ. ހެނދުނުގެ ނާސްތާ އަކަށް ވީޓް ސިރިއަލް ނުވަތަ ވީޓް ބުރެޑް ޚިޔާރުކުރައްވާށެވެ. އެހެނީ އޭގެން ހަށިގަނޑަށް ނުހަނު ގިނަ ފައިދާ ތަކެއް ލިއްބައިދެއެވެ. އަދި ބަދަން ކާބޭފުޅުން ބަރުވެދާނެތީ ހާސްވެ ނުލައްވާށެވެ. އެހެނީ އޭގެން ބަރުދަން އިތުރެއް ނުވާނެއެވެ.

3. ޔޯގަޓް

އެންމެ ރަގަޅު ބާވަތުގެ ޔޯގަޓަކީ، ލޯފެޓް ނުވަތަ ޕުލެއިން ޔޯގަޓެވެ. ސަބަބަކީ، އެންމެ ބޭނުން ވަރަށް އޭގައި ޕްރޮޓިންސް، ކެލްސިއަމް އަދި ވިޓަމިންސް ހުންނާތީއެވެ. މީގެ އިތުރުން ޔޯގަޓްގައި ބަލިތަކުން ރައްކާތެރިކޮށްދޭ ބެކްޓީރިއާވެސް ހުރެއެވެ. އެހެންކަމުން، ދުވާލަކު ދެތިން ޔޯގަޓް ތަށި ޑައިޓުގައި އެކުލަވާލާށެވެ. ނަމަވެސް ބުއްދިވެރި ގޮތަކީ ހަކުރު ނާޅާ ޔޯގަޓް ކެއުމެވެ.

4. މޭވާ

މޭވާގައި ހުންނަ ފައިބަރއަކީ ބަރުދަން މައްޗަށް ދިއުން ކޮންޓުރޯލް ކޮށްދޭ ބާވަތެކެވެ. އަދި އޭގައި ހުންނަ އެންޓިއޮކްސިޑެންޓްގެ ސަބަބުން ބަލި ޖެހުމުމުން ރައްކާތެރިކޮށްދީ ހަނދާން ނެތޭވަރު ދަށްކޮށްދެ އެވެ. އެހެންކަމުން، ހަފްތާއަކު ތިންފަހަރު މޭވާ ކާން އާދަކުރާށެވެ.

5. ބަދަން / ނަޓްސް

ހިތް ހުއްޓުމާއި ކެންސަރުން ދުރުކޮށްދޭ ބާވަތްތައް ކަމުގައިވާ، ޕްރޮޓީންސް، މެގްނީސިއަމް، ވިޓަމިން ބީ އަދި ވިޓަމިންއީ ބަދަނުގައި ހުރެއެވެ. އަދި އޭގައި ހުންނަ ފެޓްސްއަކީ ހިތަށް ފައިދާ ކުރުވަނިވި އެއްޗެއް ކަމަށްވިއަސް ބަދަން އެހާގިނައިން ކެއުން ރަގަޅެއް ނޫނެވެ. ހުހާ ބަދަން ކާން ބޭނުން ނޫންނަމަ، ޔޯގަޓް، ސެލެޑް ނުވަތަ ސިރިއަލްއާ އެއްކޮށްގެން ކެއުންވެސް ހަމަ ރަގަޅުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355