twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނިދަން އުނދަގޫ ވަނީ ކީއްވެ؟

Jan 19, 2012

.

ހުސްނާ އަބްދުﷲ

ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް މުހިންމީ ހަމައެކަނި ރަނގަޅު ކާނާއެއް ނޫނެވެ. އެކަށީގެންވާ ވަރަށް ނިދުމަކީވެސް މުހިންމު ކަމެކެވެ. ހަށިގަނޑަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ ދެން ދިމާވާ މައްސަލަތައް ވަރަށް ގިނައެވެ.

އެކި އެކި ސަބަބު ތަކާހުރެ ނިދަން އުނދަގޫ ވުން ނުވަތަ ނުނިދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މާގިނައިން ކޮފީ ބުއިން ނުވަތަ ކެފެއިން އެކުލެވޭ އެއްޗެހި ބުއިމަކީ ނުނިދުމަށް މެދުވެރިވާ ސަބަބު ކަމަށް ބައެއް މީހުން ދެކެއެވެ. އެހެންނަމަވެސް ނިދުމަށް ހުރަސް އަޅާ ހަމައެކަނި ސަބަބަކީ ކެފެއިން އެއް ނޫނެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ނިދަން އުނދަގޫވާ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތާގައި ރިއްސުން ހިމެނެއެވެ. މިގޮތުން ބުރަކަށީގައި ރިހުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހުުޅުހުޅުގެ މަސްތަކުގައި ރިއްސުމަކީވެސް ހަމަ ނިދި ލިބުމަށް ހުރަސް އަޅާ ކަންކަމެވެ.

މާބޮޑަށް ކަންކަމާ ވިސްނާ ފިކުރުކޮށް ހަދާނަމަ ނިދަން އުނދަގޫވެއެވެ. އާއިލީ މައްސަލަތަކާއި އުޅޭ ވަޒީފާގެ ގޮތުން ދިމާވާ މައްސަލަތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ހަމަ ނިދި ނުލިބި ހުންނަން ޖެހިއްޖެނަމަ އާންމުކޮށް ނިދާ އުޅޭ ވަގުތު ބަދަލުވެ ރޭގަނޑު ނިދުމަށް އުނދަގޫވެއެވެ.

އާންމުކޮށް ނިދާ ވަގުތާއި ހޭލާވަގުތަށް ހަށިގަނޑާއި ސިކުނޑި ހުންނާނީ ހޭނިފައެވެ. ތިމާ އުޅޭ ގައުމާއި ‘ޓައިމްޒޯން’ ތަފާތު އެހެން ގައުމަކަށް ދިއުމުން އާންމުކޮށް ނިދާ ވަގުތު ހަމަޔަކަށް އެޅުމަށް ދުވަސްކޮޅެއް ނަގައެވެ. އެހެންނަމަވެސް އާންމުކޮށް އެކި އެކި ޤައުމުތަކަށް ދަތުރުކޮށް އުޅޭ މީހެއްނަމަ ނިދާ ގަޑި އަބަދު ބަދަލުވަމުން ދާތީ ނިދުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި މިނޫންވެސް ނައިޓް ޑިއުޓީ އަދާކުރާ މީހުންނަށް ނިދުމުގައި އާދަވެފައި ވަކި ގަވާއިދެއް ނެތުމުގެ ސަބަބުން ނިދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ހަށިގަނޑުގައި ހުންނަ އެކި އެކިއެކި ހޯމޯން ތަކަށް އަންނަ ބަދަލު ތަކުގެ ސަބަބުންވެސް ބައެއް ފަހަރު ނިދުމަށް ހުރަސް އެޅެއެވެ. މިގޮތުން އަންހެންވެރިން، މައްސަރު ކަންތަކުގެ ދުވަސްވަރާއި މާބަނޑު ދުވަސްވަރު އަދި އުމުރުން ގިނަ ދުވަސްވެ މައްސަރު ކަންތައް ހުއްޓޭ ދުވަސްވަރު (މެނުޕޯސް) ނިދަން އުނދަގޫވާކަމަށް ދިރާސާތައް ބުނެއެވެ. އެއީ މިފަދަ ދުވަސްވަރުތަކުގައި ވަރަށް ގިނަ އަންހެނުންނަށް އުރަމަތީގައި ރިއްސުމާއި އުނަގަނޑުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355