twitterviber whatsapp telegramfacebookyoutube instagram
18th April 2024

ހިލޭ ޑައުންލޯޑް ކުރާ އެޕްލިކޭޝަންތަކަށް ގިނައިން ބެޓެރި ޗާޖް ދަމާލާ

Apr 1, 2012

.

ބަދުރުއްދީން ޙަސަން

ސްމާޓް ފޯންތަކުގައި ބޭނުން ކުރާ ސޮފްޓްވެއާ ތަކުގެ ތެރެއިން ހިލޭ ޑައުންލޯޑް ކުރުމަށް ލިބެން ހުންނަ އެޕްލިކޭޝަންތަކާއި ގޭމް ތަކުގެ ސަބަބުން ފޯނުގެ ބެޓެރީ ޗާޖް އަވަހަށް ހުސްވާކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ދިރާސާ ކުރާ ފަރާތެއް ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ހިލޭ ޑައުންލޯޑް ކުރާ އެޕްލިކޭޝަންތައް އަދި ގޭމްތަކުގައި، އެ ގޭމް ޑިވެލޮޕް ކުރިފަރާތް ނުވަތަ ތިންވަނަ ފަރާތެއްގެ އިޝްތިހާރު އާއްމުކޮށް ފެންނަން ހުންނާނެ އެވެ. އެހެންވުމުން އެޕްލިކޭޝަނެއް ފޯނުގައި ރަން ކުރަން ބެޓެރިން ބޭނުންކުރާ އެނާޖީގެ 75 އިންސައްތަ ބޭނުން ކުރާނީ އިޝްތިހާރުތައް ދެއްކުމަށެވެ. އެޕްލިކޭޝަން ހިލޭ ޑައުންލޯޑަށް ދޫކޮށްލުމަށްފަހު، ޑެވެލޮޕަރުން އާމްދަނީ ހޯދަނީ އޭގައި ހުންނަ އިޝްތިހާރު ތަކުންނެވެ.

އެމެރިކާގެ އިންޑިއާނާގައި ހުންނަ ޕާރޑިއު ޔުނިވާސިޓީގެ ރިސާޗަރ އަބީނަވް ޕަތަކް ބުނާގޮތުން، އެޕްލިކޭޝަންތައް ހަދާ ޑެވެލޮޕަރުން މިކަމާ ވިސްނަންޖެހެއެވެ. އަދި އެފަދަ އެޕް ތައް ހަދާއިރު އެއަށްވުރެ ޒިންމާދާރުވެ، ބެޓެރި ލައިފް އަށް ސަމާލުކަން ދީގެން ތައްޔާރު ކުރުން މުހިއްމެވެ.

އަބީނާވް ގެ ޓީމުން ހެދި ރިސާޗުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ހިލޭ ޑައުންލޯޑް ކުރެވޭ އެންގްރީ ބާޑްސް އާއި ފޭސްބުކް އެޕްލިކޭޝަނެވެ. ރިސާޗް ހެދުމަށް އެންޑްރޮއިޑާއި އެހެނިހެން އޯއެސްތައް ޓެސްޓް ކުރިއިރު އައިފޯންގެ އޯއެސްގައި ހުންނަ ރެސްޓްރިކްޝަންތަކުގެ ސަބަބުން އައިފޯން އަދި ވަނީ ޓެސްޓް ނުކުރެވިއެވެ.

ދިރާސާއިން ދެއްކިގޮތުން، އެންގްރީ ބާޑްސް އެޕްލިކޭޝަން ރަން ކުރުމަށް ހޭދަވާ ބެޓެރީގެ ތެރެއިން ހަގީގަތުގައި ގޭމް ކުޅުމަށް ހޭދަކުރަނީ އެންމެ 20 އިންސައްތައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355