twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސެމްސަންގ ގެލެކްސީ ޓެބް އެމެރިކާގައި ވިއްކުން މަނާކޮށްފި

Jun 27, 2012

.

ސެމްސަންގ ކުންފުނީގެ ޓެބްލެޓް ސެމްސަންގ ގެލެކްސީ ޓެބް 10.1 އެމެރިކާގައި ވިއްކުން ހުއްޓާލުމަށް އަންގާ އެމެރިކާގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެފިއެވެ. އެމެރިކާގެ ކޯޓަކުން މިއަމުރު ނެރެފައިވަނީ ސެމްސަންގުން އެޕަލްގެ އައިޕެޑްގެ ޑިޒައިން ކޮޕީކޮށްފައިވާކަމަށް ދައުވާ ކޮށްފައިވާތީއެވެ.

އެޕަލް އައިޕެޑްގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް މާހިރުން ސިފަކުރާ ގެލެކްސީ ޓެބް ގެ 10.1 ވިއްކުން ހުއްޓާލުމަށް އެންގިއިރު އޭގެ ފަހުން ސެމްސަންގ އިން ނެރެފައިވާ ގެލެކްސީ ޓެބް 2 ވިއްކުން މަނާކޮށްފައެއް ނުވެއެވެ. އެޕަލްއިން ރަޖިސްޓަރ ކޮށްފައިވާ ޕޭޓެންޓްގެ މައްސަލާގައި އެޕަލް އިން ކޮށްފައިވާ ދައުވާގެ ޓްރަޔަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަހު ކޮޅުއެވެ.

“މާކެޓުގައި ވާދަކުރުމުގެ ފުރުސަތު ސެމްސަންގ އަށް އެބައޮތް. ނަމަވެސް ގަވައިދާ ހިލާފަށް މާކެޓަށް ޕްރޮޑަކްޓްތަކެއް ނެރުމުގެ ހުއްދައެއް އެކުންފުންޏަކަށް ނޯންނާނެ.” އެމެރިކާގެ ޑިސްޓްރިކްޓް ޖަޖެއް ކަމުގައިވާ ލޫސީ ކޯ ބުންޏެވެ.

މިގޮތަށް ބުނެފައިވާ ޖަޖު މީގެ ކުރިން ވަނީ އެޕަލް އިން މިގޮތަށް ހުށަހެޅި މައްސަލަތަކެއްގައި އެޕަލް އާއި ދެކޮޅަށް މައްސަލަ ނިންމާފައެވެ. އަދި 2011 ޑިސެމްބަރުގައި ޖަރުމަނުގެ ކޯޓަކުން ވެސް އެޕަލް އިން ކުރި މިފަދަ ދައުވާއެއް ބޭރުކޮށްލާފައިވެއެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މިދެކުންފުނިން ވަނީ އެއްކުންފުނިން އަނެއްކުންފުނީގެ މައްޗަށް، ޑިޒައިންތައް ކޮޕީ ކުރާކަމުގެ ތުހުމަތުތައް އެކި ގައުމުތަކުގެ ކޯޓުތަކުގައި ކޮށްފައެވެ. އެކިފަހަރު ހުކުމް އައިސްފައިވަނީ އެކިކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355