twitterviber whatsapp telegramfacebookyoutube instagram
3rd August 2026

96 އަހަރުގެ މީހަކު ދަރިއެއް ހޯދާ ރިކޯޑު މުގުރާލައިފި

Oct 18, 2012

.

96 އަހަރުގެ މީހަކު ދަރިއެއް ހޯދާ، ދަރިއަކު ހޯދި އެންމެ ދުވަސްވީ މީހާގެ ރިކޯޑް އިންޑިއާގެ ފިރިހެނަކު މުގުރާލައިފި އެވެ.

އިންޑިއާގެ ނިއުދިއްލީގެ ހުޅަނގު އުތުރުން 31 މޭލު ދުރުގައި އޮންނަ ހަރިއާނާގައި އުޅޭ ދަނޑުވެރިއާ، ރާމްޖިތު ރަގަވް އަށާއި އޭނާގެ އަންހެނުން 52 އަހަރުގެ ޝަކުންތަލާ ދޭވީ އަށް ލިބުނު ފިރިހެން ދަރިފުޅު އުފަންވެފައިވަނީ އޮކްޓޯބަރު 5 ވަނަ ދުވަހުކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައި އެވެ.

ރަގަވް މުގުރާލާފައި މިވާ ރިކޯޑަކީ މީގެ ދެއަހަރު ކުރިން އޭނާ އަމިއްލަ އަށް ހަދާފައިވާ ރިކޯޑެކެވެ. އޭނާ އާއި ޝަކުންތަލާވަނީ މީގެ ދެއަހަރު ކުރިން އެމީހުން ފުރަތަމަ ދަރިފުޅު ހޯދާފައި އެވެ.

މުޅިއުމުރުގައި ބޮޑުބައިގައި މީހަކާ ނީނދެ ހުރުމަށްފަހު، މީހަކާ އިނުމަށް ރަގަވް ނިންމީ މީގެ 10 އަހަރު ކުރިން ޝަކުންތަލާއާ ބައްދަލު ވުމުންނެވެ.

“އެއްކޮށް ދިރިއުޅެމުން ގޮސް އަހަރެމެން ނިންމީ އާއިލާ ފުރިހަމަ ކޮށްލުމަށް ދެ ކުދިން ހޯދަން. އަހަރެމެންނަށް ދެކުދިންލިބި އެކަން ހާސިލް ވެއްޖެ.” ރަގަވް އިންޓަވިއުގައި ބުނެފައިވެއެވެ. “އަހަރެން އެއްވެސް ބޭހެއް ވެސް ބޭނުމެއް ނުކުރަން.”

ރަގަވް ގަބޫލުކުރާ ގޮތުން އޭނާއަށް އެއުމުރުގައި ދަރިއަކު ލިބޭ ވަރަށް ސިއްހަތު ސަލާމަތުން ހުރުމުގެ ސިއްރަކީ އޭނާ ގެންގުޅޭ ވެޖެޓޭރިއަން ޑަޔަޓެވެ.

އިންޑިއާގެ މީހެއް މީގެ ކުރިން ވަނީ 90 އަހަރުގައި ދަރިއަކު ހޯދާފައި އެވެ. އިންޑިއާގެ ދަނޑުވެރިއެއްކަމަށްވާ ނާނޫ ޖޯޖް އަށް 90 އަހަރުގައި ލިބިފައިވާ ދަރިއަކީ އޭނާގެ 21 ވަނަ ދަރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355