twitterviber whatsapp telegramfacebookyoutube instagram
1st April 2026

ޕޮލިސް އިންވިޓޭޝަނަލް ކަޕްގެ ފައިނަލަށް ދިރާގާއި ޕޮލިސް ދަތުރުކޮށްފި

Nov 2, 2012

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިމްތިޒާމު ކޮށްގެން ބާއްވާ ޕޮލިސް އިންވިޓޭޝަނަލް ކަޕްގެ ފައިނަލަށް ދިރާގާއި ޕޮލިސް ދަތުރުކޮށްފި އެވެ.

ކުޅުދުއްފުށީ ގައި ހުންނަ އޮފީސްތަކާއި ކުންފުނިތަކަށް ދައުވަތު ދީގެން ޕޮލިހުން ބާއްވާ ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ޕޮލިސް ސަރވިސް އާއި އެސްޓީއޯގެ ޓީމެވެ. މިމެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ޕޮލިސްއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ޖޯޒީ ނަމްބަރ 13 ހަސަން މުހައްމަދު އެވެ.

އިއްޔެ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ދިރާގު ކާމިޔާބު ކޮށްފައި ވަނީ ކަސްޓަމްސްގެ ޓީމާއި ބައްދަލުކޮށް 5 ލަނޑު 3 ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިރާގު ޓީމްގެ ޖޯޒީ ނަމްބަރ 11 އަސްވަދު ރަޝީދެވެ.

ޖުމްލަ 7 ޓީމު ދެގުރޫޕަކަށް ބަހާލައިގެން ފެށުނު މިމުބާރާތުގެ ސެމީ ފައިނަލަށް ދިރާގު އައީ ގްރޫޕު ބީގެ އެއްވަނަ ހޯދައިގެންނެވެ. ޕޮލިސް ޓީމު ސެމީއަށް އައީ އެގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ކަސްޓަމްސް އާއި އެސްޓީއޯ އަކީ ގްރޫޕު އެކެއްގެ އެއްވަނަ އާއި ދެވަނަ އެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ނޮވެމްބަރު 3 ވާ ހޮނިހިރު ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355