twitterviber whatsapp telegramfacebookyoutube instagram
4th May 2024

ހަތްހާސް އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެއް ޔޫރަޕްގެ އާކިއޮލޮޖިސްޓުންތަކެއް ހޯދައިފި

Nov 4, 2012

.

ހަތްހާސް އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެއް ޔޫރަޕްގެ އާކިއޮލޮޖިސްޓުންތަކެއް ހޯދައިފި އެވެ. ޔޫރަޕްގެ އެންމެ ޤަދީމީ ރަށް ކަމަށް އެމީހުން ލަފާކުރާ މިރަށް ހޯދާފައިވަނީ ބަލްގޭރިއާގެ އާކިއޮލޮޖިސްޓުން ތަކެކެވެ.

ބަލްގޭރިއާގެ އައްސޭރި ފަށުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ވަރނާ އާއި މާދުރުނޫން ހިސާބަކުން ހޯދި މިރަށަށް ކިޔަނީ ޕްރޮވާޑިއާ ސޮލްނިޓްސަޓާ އެވެ. ބަލްގޭރިޔާގެ އާކިއޮލޮޖިސްޓުން ޤަބޫލްކުރާ ގޮތުގައި އެމީހުން މި ހޯދި އެންމެ ޤަދީމީ ރަށަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 5000 އަހަރު ކުރިން އާބާދު ވެފައިވާ ރަށެކެވެ. އެމީހުން ހޯދި ހޯދުން ތަކުން އެނގިފައި ވާގޮތުގައި 4200 ބީސީ އާއި 4700 ބީސީ އާދެމެދުގައި އެރަށުގައި މީހުން އުޅެފައި ވެއެވެ. އެއީ ގްރީކުގައި މީހުން އާބާދުވުމުގެ ހާހެއްހައި އަހަރު ކުރިއެވެ. ބެލެވޭގޮތުގައި ޕްރޮވާޑިއާގައި ގާތްގަނޑަކަށް 350 މީހުން ދިރިއުޅުނެވެ.

މިސަރަހައްދުން އާކިއޮލޮޖިސްޓުން ނަށް ވަނީ ލޮނު އުފެދޭ ސައިޓެއް ފެނިފައެވެ. ތަޖްރިބާކާރުން ދެކިލައްވާގޮތުގައި މި ރަށް ތަރައްޤީ ވެފައިވަނީ ލޮނުގެ ސަބަބުންނެވެ. އޭރު ލޮނަކީ މިޒަމާނުގައި ރަން ފަދައިން ވަރަށް އަގުހުރި އެއްޗެކެވެ. މިލޮނަކީ މީހުންގެ ދިރިއުޅުމަށާއި ވިޔަފާރީގެ ގޮތުގައި ބޭނުންކޮށް ފައިސާ ހޯދުމަށް ވަރަށް ބެނުންތެރި އެއްޗެއްވެސްމެއެވެ.

މި ރަށުގެ މީހުން ލޮނުފެން ކައްކާ ގަނޑުލޮނު ހަދައިގެން އޭގެ ވިޔަފާރި ކޮށްފައިވާ ކަމަށް ބެލެވެއެވެ. އަދި މިކަމަކީ ރަނާއި ޖަވާހިރު މިސަރަހައްދުން ހޯދުމަށް ފަސޭހަވި އެއްސަބަބެވެ. ރަނުން ހަދާފައިވާ 3000 އަށް ވުރެ ގިނަ ތަކެތި މީގެ 40 އަހަރު ކުރިން ވަރްނާއާއި ކައިރި ސަހަރާއަކުން ވަނީ ފެނިފައެވެ. ވަރްނާ އަކީ ދުނިޔޭގެ އެންމެ އިހުޒަމާނުގެ ގިނަ ރަނުގެ ވަސީލަތްތަކެއް ރައްކާކުރެވިފައިވާ ޚަޒާނާއެކެވެ.

އާކިއޮލޮޖިސްޓުން ހޯދުމުން މިރަށުން ފެނިފައިވަނީ ރަށުގެ ސަލާމަތަށްޓަކައި ބިނާކޮށްފައިވާ ވަށާފާރާއި ފާރުގައިވާ ގޭޓްގެ ބައެކެވެ. އަދި މީހުން ދިރިއުޅިފައިވާ ދެބުރި ގެއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355