twitterviber whatsapp telegramfacebookyoutube instagram
4th May 2024

ތުނބުޅި ބެހެއްޓުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި ސިފައިންގެ މީހުންތަކަކަށް އަލުން ވަޒީފާ ދިނުމަށް ގޮވާލައިފި

Nov 11, 2012

ގާހިރާ (ނޮވެމްބަރު 08) – ތުނބުޅި ބަހައްޓާފައި ހުރުމުގެ ސަބަބުން ސިފައިންގެ ވަޒީފާއިން ވަކިކުރި މީހުންތަކަކަށް އަލުން ވަޒީފާ ދިނުމަށް އެދި މިސްރުގައި މުޒާހަރާ ކޮށްފި އެވެ.

މިސްރުގައި ކުރި މުޒާހަރާތަކުގެ ސަބަބުން ވެރިކަމުން ފައިބަންޖެހުނު ހުސްނީ މުބާރަކްގެ ވެރިކަމުގައި ސިފައިން ތުނބުޅި ބެހެއްޓުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެގަވައިދަކީ އެއްވެސް ތަނެއްގައި ލިޔެވިފައި އޮތް ގަވައިދެއް ނޫންކަމަށް ބުނެ ބައެއް މީހުން ތުނބުޅި ބަހައްޓަން ފެށުމުން އެމީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ހުސްނީ މުބާރަކްގެ ވެރިކަމުގައި ސަރުކާރުގެ މަތީ އެއް ވެސް މަގާމެއްގައި ވެސް ތުނބުޅި ބަހައްޓާފައި ހުންނަ އެއްވެސް މީހަކަށް ނޫޅެވެއެވެ.

މުބާރަކްގެ ސަރުކާރާ ދެކޮޅަށް ކުރިމުޒާހަރާތަކުގެ އާރުކާޓީ މުސްލިމް ބްރަދަހުޑްގެ ފަރާތުން މިހާރު ރައީސް ކަމަށް ވަޑައިގެން ހުންނެވި މުޙައްމަދު މުރުސީ ވަނީ ސިފައިން ތުނބުޅި ބެހެއްޓުމަކީ މައްސަލައެއް ނޫންކަމަށް ބުނެފައެވެ. މުރުސީއަކީ ވެސް ތުނބުޅި ބަހައްޓާފައި ހުންނަ ލީޑަރެކެވެ.

ތުނބުޅި ބެހެއްޓުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރި 64 މީހުންގެ ތެރެއިން މީހެއް ކަމަށްވާ ހަނީ މާހިރު ބުނެފައިވަނީ ތުނބުޅި ބަހައްޓަން ފެށީ ސިޔާސީ ކަމެއްގެ ގޮތުގައި ނޫންކަމަށެވެ. ވަޒީފާއިން ވަކި ކުރި މީހުންގެ ތެރެއިން 4 މީހަކު ވަނީ އެމައްސަލަ ކޯޓަށް ވެސް ހުށަހަޅާފައެވެ. އަދި އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް އޭރު ވަނީ ހުކުމްވެސް ކޮށްފައެވެ. ނަމަވެސް މިސްރުގެ ދާޚިލީ ވަޒީރު އޭރުވަނީ އެމީހުންނަށް އަލުން ވަޒީފާދޭން ދެކޮޅު ހަދާފައެވެ.

މިހާރުގެ ރައީސް މުޙައްމަދު މުރުސީ ވެރިކަމާ ހަވާލުވިފަހުން، މުބާރަކްގެ އެހެން ގަވައިދެއް ވެސް ވަނީ ބަދަލު ކޮށްފައެވެ. އެއީ ޓީވީ ޕްރެޒެންޓަރުންނަށް ބުރުގާ އެޅުމުގެ ހުއްދަ ދިނުމެވެ. މުބާރަކްގެ ވެރިކަމުގައި ޓީވީ ޕްރެޒެންޓަރުން ބުރުގާ އެޅުމަކީ ވެސް މަނާކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355