twitterviber whatsapp telegramfacebookyoutube instagram
3rd August 2026

އަދަބިއްޔާތު – އެހާ އަވަހަށް ނުދާށެވެ.

Dec 5, 2012

ޢަލީ ހާޝިމް ދީދީ

މިއީ އިންޑިޔާގެ ޅެންވެރިޔާ ޝާހިރު ލުދިޔަންވީ ހައްދަވައި، ހިންދީ ފިލްމު ‘ހަމް ދޯނޯ” އަށް މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ރަފީޢު އާއި އާޝާ ބޯންސްލޭ ވިދާޅުވެފައިވާ ‘އަބި ނާ ޖާއޯ ޗޯޅް ކަރު، ޔެ ދިލް އަބީ ބަރާ ނެހީން” މި ލަވަ އަސްލަކަށް ބަލައިގެން، އެ ލަވައިގެ ޝުޢޫރުތަކުގެ އަސަރުތައް ދިވެހި ބަހުން ގެނެވޭތޯ ކުރެވުނު މަސައްކަތެއްގެ ނަތީޖާއެވެ. އިންސާފުކުރައްވާނީ، މި ޅެން ވިދާޅުވާ ބޭފުޅުންނެވެ.

ނުދާށޭ ވަކިވެގެން އަދި ހިތް މަގޭ މުނިފޫހި ނުފިލާތީ،

އުދާހުގެ ޖަންގަލީގައި ގައިދު ނަފުސާ ރޫޙު ވެސް ވާތީ

ނުވާތީ ހިނދުކޮޅެއް ވެސް އައި ފަހުން ލޯތްބާ މަގޭ ނޫރާ،

ހުވާކޮށް ބުނެލެވޭނޭ ހީވެއޭ މޫސުމް ބަހާރޭ ތީ

ފަޒާގައި ހުވަނދު ވަސް ފަތުރާ، ޢަބީރުން ސާހިބާ ފޮނުވާ،

މަޒާގައި ގެނބި އަޅާ ދާން ހިތް މިހެން ކެތްމަދުވެފައިވާތީ

މިރޭ ދަންވާން އެކީ އެދެމޭ މި ހިތް ފަހިކޮށްދިނުން އެދެމޭ،

ދިރޭ ގޮތް ހިތްވެއޭ ޖާނާ ތި މަސްތުގެ ކޯވަރެއް ދޭތީ

ބަހެއް ބުނެފައި ނުވެސްވާތީ، ބަހެއް އިވިފައި ނުވެސްވާތީ،

ފަހެއް ނުވެއޭ، މި ހިނދު ހިތް ބޭޤަރާރުވެޔޭ ކަލާ ދާތީ

މި ހައިކަން، ކަރުހިކުން ފިލުވައި ނުދީ ޔާރާ ތިހެން ދާއިރު،

މި ހާލުން ލޯބި އާލާވާނެހޭ؟ މި ސުވާލު އުފެދޭތީ

މިއީ ޝަކުވާތަކެއް ކަމުގައި، ކަލާ ނުދެކުން ވަރަށް އެދެމޭ،

މިއީ ހިތުގައި އަޅާ އުފެދޭ ޝުޢޫރޭ ލޯބި ފުރި ވާތީ

ހިންދީ ލަވައިގެ ވީޑިއޯ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355