twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރީތި ހުދު ދަތްޕިލައެއް ބޭނުން ހެއްޔެވެ؟

Mar 25, 2013
1

ސީމާ ޙަސަން

ދަތްޕިލާއަކީ ތިމާގެ ރީތިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ އެއްޗެކެވެ. ފުރިހަމަ ރީތިކަމެއް ބޭނުންނަމަ ރީތި ދަތްޕިލާއަކާނުލާ ފުރިހަމަ ނުވާނޭ ބުނެވިދާނެވެ. ކިތަންމެ ރީތި މޫނެއް ލިބިފައި ވީކަމުގައި ވިޔަސް، ދަތްޕިލާ ގައި ކޮބަޑިޖަހާ ހަޑިވެފައި ހުންނަ ނަމަ އެރީތިކަމެއް ނުފެންނާނެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ތިމާގެ ދަތްޕިލާއަކީ ރީތި ދަތްޕިލާއަކަށް ހެދުމަށް މަސައްކަތް ކުރެއެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ ރައްޔިތުންފަދަ ދުފުމުގެ އާދަޔަށް ހޭނިފާ ތިބި ބަޔަކު ދަތްޕިލަޔަށް ސަމާލުވުން މުހިއްމު ކަމުގައި ބުނެވިދާނެއެވެ. މިލިޔުމުގައި މިހިމަނާލަނީ ދަތްޕިލާ ހުދުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެވެ. މިއީ ކޮންމެ ދުވަހަކު މަދުވެގެން ދެއިރު ދަތްއުގުޅުމުގެ އިތުރުން ކުރެވިދާނެ ކަންތައްތަކެވެ.

ފެހިކަންގަދަ ތަރުކާރީ ކެއުން

ބުރޮކޮލީ، ކަންކުން ފަތް، ސްޕިނަޗް ފަދަ ފެހިކަންގަދަ ތަރުކާރީއަކީ ދަތަށް ވަރަށް ފައިދާހުރި ކާނާއެކެވެ. އެއީ އޭގެ ސަބަބުން ދަތުގަ ކުލަޖެހުމުގެ(ސްޓެއިންސް ފާޅުވުމުގެ) ފުރުސަތު ކުޑަކުރާތީއެވެ. މިހެން މިވަނީ ސަލާމަތީ ފަށަލައެއް ދަތުގެ ބޭރުގައި އުފެދޭތީ އެވެ.

ގިނައިން ފެން ބުއިން

ފެންބުއިކަމަކީ ތިމާގެ ހަށިގަނޑުގެ ކޮންމެ ހިނގުމަކަށް ވެސް ފައިދާހުރި ކަމައެކެވެ. ހަމަ އެފަދައިން ކައިބޮއެ ނިމިގެން ފެންބުއިމަކީ ދަތުގައި ހަރުލާ ސްޓެއިންސް ފިލުވައިދޭ ކަމެކެވެ. ފެން ދިރުވުމުގެ ކުރިން އަނގަތެރޭ ކުޑަކޮށް ފެންފޮދު ހަލުވާލާށެވެ.

ބޭކިން ޕައުޑަރ ބޭނުންކުރުން

ވަރަށް ގިނަ ޕްރޮޑަކްޓްސް ތަކުގައި ބޭކިން ޕައުޑާއަކީ ދަތް ހުދުކުރުމަށް ބޭނުންކުރާ ކެމިކަލް އެކެވެ. ބޭކިން ޕައުޑަރ އަދި ލުނބޯހުތް އެއްކޮށްލައިގެން ދަތް އުނގުޅާލުމުން ވެސް ދަތްހުދު ވާނެއެވެ.

މޭވާ އާއި ތަރުކާރީ ހެފުން

އާއްމުކޮށް އަހަރެމެންނަށް އަޑު އިވޭގޮތުގައި، މޭވާ އާއި ތަރުކާރީ އަކީ ބަލިތަކުން ރައްކާތެރި ކޮށްދޭ އެއްޗެވެ. ނުވަތަ ހަންގަނޑު އޮމާންކޮށްދޭ ބާވަތްތަކެވެ. މިއީ ދަތްތަކަށްވެސް ފައިދާހުރި އެއްޗެއް ކަމަށް އެއްވެސް ވަރަކަށް ހީކުރިން ހެއްޔެވެ؟ ކެރެޓު، ރޯ ސެލެރީ، އާފަލު އަދި އެހެނިހެން މުނަރު ތަރުކާރީއާއި މޭވާ ހެފުމުގެ ސަބަބުން، ދަތް ޕޮލިޝް ކޮށްދެއެވެ. މީގެ އިތުރުން، ސްޓެއިންސް ދަތުގައި ހަރުލުން ކުޑަކުރުމަށް އެހީ ވެދެއެވެ. އަދި ހަމައެހެންމެ މިބާވަތުގެ ކާނާއިން، ކުޅު އުފައްދައިދީ، ސްޓެއިންސް ފިލުވާލަދެ އެވެ.

ޗުއިންގަމް އަދި ހިކި މޭބިސްކަދުރު ހެފުން

ޒައިލިޓޮލް އެކުލެވޭ ޗުވިމްގަމް ހެފުމުންވެސް ދަތް ހުދުވެއެވެ. މިކެމިކަލް އަކީ އަނގައިގެ ޕީއެޗް ލެވެލް ހަމަހަމަ ކޮށްދޭ (ނިއުޓުރަލައިޒް ކޮށްދޭ) އަދި ކުޅު އުފައްދައިދޭ މިންވަރު އިތުރުކުރުވާ ކެމިކަލް އެކެވެ. ނަތީޖާއަކީ އަނގަ ސާފުވުމެވެ.މީގެ ސަބަބުން އަނގަތެރޭގައި ކުޅު އިތުރުކޮށްދެއެވެ. ކުޅު އިތުރުވުމުގެ ސަބަބުން، ޤުދުރަތީ ގޮތުން އަނގަދޮވެވެއެވެ. މީގެ އިތުރުން ހިކި މޭބިސްކަދުރު ހެފުމުން ޕްލޭކް ފިލުވައިދީ، ދަތުގަ ކުލަޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ.

ރީދޫ ބޭނުންކުރުން

ރީދޫކޮޅަކާއި ފެނާ އެއްކޮށްލައިން ދަތްއުނގުޅުމުންވެސް ދަތް ހުދުވެއެވެ. އެހެނަމަވެސް ބޮޑަށް ފައިދާކުރާނީ އޭގެ ރީނދޫ މޫ ރޮލާ ހެފީމައެވެ.

ތެލުން ކޯދޮވެލުން

އެއް މޭޒުމަތީސަމުސާ ތެޔޮ (އޯގޭނިކް އޮއިލް) އަނގަޔަށްލުމަށްފަހު 15 ވަރަކަށް މިނެޓް ވަންދެން އަނގައިގައި ހަލުވާލާށެވެ. ދެން، ކޯދޮވުމަށްފަހު ދެތިން ފެންތަށި ބޯލާށެވެ. ދެން ފެންނާނީ އަޖައިބުވާފަދަ ނަތީޖާއެކެވެ. މިއީ އާދަޔާ ޚިލާފު ގޮތެއް ނަމަވެސް، މިއީ ގަރުނެއް ވަދެން އިންޑިޔާ މީހުން ބޭނުން ކުރަމުން އައި އުކުޅެކެވެ.

ޗީޒް ކެއުން

ޗީޒްއަކީ، ދަތުގެ އެންމެ ބޭރު އަދި ވަރުގަދަ ފަށަލަ ކަމަށްވާ އެނޭމަލް ވަރުގަދަކޮށްދޭ ކާނާއެކެވެ. އޭނޭމަލްއަކީ ޑެންޓައިނުން ރައްކާތެރިކޮށްދޭ ފަށަލަވެސްމެއެވެ. ޑެންޓައިންއަކީ ދަތުގެ ކުލަކަނޑައެޅުމަށް ޒިންމާވާ ބައެކެވެ. އެހެންކަމުން ޑެންޓައިން ރައްކާކުރެވިއްޖެ ކަމަށްވަންޔާ ދަތުގެ ކުލަ ހުތުރުވުމުން ސަލާމަތްކުރެވޭނެ އެވެ.

މަތީގައި ދެންނެވުނު ކަންތައްތަކަކީ ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަންތައްތަކެވެ. ނަމަވެސް މިކަންތައްތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ދެއިރު ދަތްއުނގުޅަން ވާނެއެވެ. އަދި ލިސްޓްރިންފަދަ އެއްޗެއް ބޭނުންކޮށްގެން ކޯ ދޮވުމާއި ފްލޮސް ކުރުމަކީ ރަނގަޅު ކަންތައްތަކެވެ.

ނޯޓް: މިލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ސިއްހީ މަޢުލޫމާތުދޭ ތަފާތު ވެބްސައިޓްތަކުން ނަގާފައިވާ މަޢުލޫމާތު ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355