twitterviber whatsapp telegramfacebookyoutube instagram
18th May 2024

“ނަތިންގްސް ގޯނަ ޗޭންޖް މައި ލަވް ފޯ ޔޫ”

Apr 20, 2013

ޢަލީ ހާޝިމް ދީދީ

އެމެރިކާގެ ލަވަ ކިޔުންތެރިޔާ ޖޯޖް ބެންސަން 1984 ވަނަ އަހަރު ވިދާޅުވެފައިވާ “ނަތިންގްސް ގޯނަ ޗޭންޖް މައި ލަވް ފޯ ޔޫ” އަކީ އިޝްޤީ ދުނިޔޭގައި، މިހާތަނަށް އެންމެ ގިނައިން އިވިފައިވާ އެއް ލަވަކަމުގައި ވާނެކަން ޔަޤީނެވެ. މި ލަވައަކީ، އަޅުގަނޑުމެން ކުޑައިރު، އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކޮށްދިނުމަށް ރޭޑިއޯ އަދި ޓީވީތަކުގެ ރިކްއެސްޓް ޕްރޮގްރާމުތަކުގައި ވެސް ވަރަށް ގިނައިން ފޮނުވައިދިން ލަވައެކެވެ. މި ލަވަ، 1988 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ބިލްބޯޑް ޗާޓުގެ އެއްވަނަ މަޤާމުގައި 4 ހަފްތާ ވަންދެން ހިފަހައްޓާލާފައިވެއެވެ.

މި ލަވަ އިވުމުން، މިހާރު ވެސް އަޅުގަނޑުމެންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އަޅުގަނޑުމެންގެ ޅައިރުގެ އެތައް ހަނދާންތަކެއް އާވެގެންދެއެވެ. އެ ދުވަސްވަރު ގެ ލޯބީގެ ހުރި ސާދާ ކަމާއި ފޮނިކަން އިޙުސާސްކުރެވިގެން ދެއެވެ. އަދި މިއީ، އެތައް ބަޔަކަށް ދުވަހަކު ވެސް އަޑުއަހާ ފޫހި ނުވާނެ އެއް ލަވަ ކަމުގައި އެކި ފޯރަމްތަކުގައި ހާމަކޮށްފައިވާ ލަވައެއް ވެސް މެއެވެ.

މި ފަހަރު، އަޅުގަނޑު މި ހުށަހަޅައިދެނީ، މި ރީތި، އަސަރު ގަދަ ލަވައިގެ ދިވެހި ތަރުޖަމާއެެވެ. އިނގިރޭސި ލަވައިގައި ހުރި އަސްލު ޖާޒުބީ އަސަރު މި ތަރުޖަމާގައި ގެނެސްދެވޭތޯ އަޅުގަނޑު ބަލާފައިވާނެއެވެ.

ކަލާ އަހަރެންގެ ގާތުގައި ނެތި، އަހަރެންގެ ޙަޔާތް ވޭތު ކުރަން ވެއްޖެނަމަ،

އެ ދުވަސްތައް ވާނީ މުޅީން ބޭކާރު ދުވަސްތަކަކަށެވެ.

އެ ރޭތައް ވެސް އެހާމެ ދިގު ކަމަށް ފެނިދާނެއެވެ.

މުޅި ޢުމުރަށް ވެސް އަހަރެންނާއެކު ކަލާ ހުންނާނެ ކަމުގައި އަހަރެންނަށް ސާފުކޮށް ފެނެއެެވެ.

ފަހަރެއްގައި ކުރިން އަހަރެންނަށް ލޯބި ވެވިފައިވާ ކަމަށް ވެސް ވެދާނެއެވެ.

އެކަމަކު، މި އިޙްސާސް މިހާ ވަރުގަދައަށް މީގެ ކުރިން ދުވަހަކު ވެސް ކުރެވިފައެއް ނުވެއެވެ.

އަހަރެމެންގެ ހުވަފެންތައް ވަނީ ޅަފަތުގައެވެ. އަދި އެކަން އަހަރެމެން ދެމީހުންނަށް ވެސް އެނގެއެވެ.

އެ ހުވަފެންތައް އަހަރެމެން ދާން ބޭނުންވާ މަންޒިލަށް އަހަރެމެން ގެންގޮސްދޭނެއެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ. އަހަރެންގެ ގައިގައި ބީހިލާށެވެ.

ކަލާއާ ނުލާ ދިރިއުޅޭކަށް އަހަރެން ބޭނުމެއް ނުވެއެވެ.

ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު، މިހާރު ކަލާއަށް އެނގެންވާނެއެވެ.

ކަލާ އެއް ކަމެއް ޔަޤީން ކުރާށެވެ.

އެއީ، ކަލާގެ ލޯތްބަށް ވުރެ އިތުރު އެއްޗަކަށް އަހަރެން ދުވަހަކު ވެސް ނާހާނެ ކަމެވެ.

ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު، މިހާރު ކަލާއަށް އެނގެންވާނެއެވެ.

މި ދުނިޔެ އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްފާނެއެވެ.

އެހެނަސް، ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

ކުރިމަތީގައިވާ ރާސްތާއަކީ ފަސޭހަ ރާސްތާއަކަށް ނުވިޔަސް،

އަހަރުމެން އެ ރާސްތާ ކަޑައްތުކުރުމަށް،

އަހަރުމެންގެ ލޯބި މަގު ދައްކައިދޭނެއެވެ. ތަރިއެއް ފަދައިންނެވެ.

ކަލާއަށް އަހަރެންގެ ބޭނުމެއް ޖެހިދާނެ ކަމަށް ބަލައި،

އަހަރެން އަބަދު ވެސް އެތާ ހުންނާނަމެވެ.

ކަލާގެ އެންމެ ކަމެއް ވެސް ބަދަލުކުރާނެ ކަމެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވަނީ ކަލާ ތިޔަ ހުރި ގޮތަށެވެ.

އެހެންވީމާ، އަހަރެންނާ އެކު އަންނާށެވެ. އަދި މި ތަސްވީރު ޙިއްޞާކުރާށެވެ.

އަހަރެން އެ މަންޒަރު ކަލާއަށް މުޅި ޢުމުރަށް ދެއްކުމުގައި އެހީތެރިވާނަމެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ. އަހަރެންގެ ގައިގައި ބީހިލާށެވެ.

ކަލާއާ ނުލާ އަހަރެން ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ.

ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު، މިހާރު ކަލާއަށް އެނގެންވާނެއެވެ.

ކަލާ އެއް ކަމެއް ޔަޤީން ކުރާށެވެ.

އެއީ، ކަލާގެ ލޯތްބަށް ވުރެ އިތުރު އެއްޗަކަށް އަހަރެން ދުވަހަކު ވެސް ނާހާނެ ކަމެވެ.

ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު، މިހާރު ކަލާއަށް އެނގެންވާނެއެވެ.

މި ދުނިޔެ އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްފާނެއެވެ.

އެހެނަސް، ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

ކަލާ ދެކެ އަހަރެން މިވާ ލޯބި ބަދަލުކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ.

އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު، މިހާރު ކަލާއަށް އެނގެންވާނެއެވެ.

ކަލާ އެއް ކަމެއް ޔަޤީން ކުރާށެވެ.

އެއީ، ކަލާގެ ލޯތްބަށް ވުރެ އިތުރު އެއްޗަކަށް އަހަރެން ދުވަހަކު ވެސް ނާހާނެ ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355