twitterviber whatsapp telegramfacebookyoutube instagram
17th May 2024

ފާހާނާ އަކަށްވުރެ އަންހެނެއްގެ އަތްދަބަހުގައި ޖަރާސީމުގެ އަސަރު ހުންނަ މިންވަރު އިތުރު: ދިރާސާ

May 16, 2013

އެވްރެޖް ފާހާނާއަކަށްވުރެ  އަންހެނެއްގެ އަތްދަބަހުގައި ޖަރާސީމު ހުންނަ މިންވަރު އިތުރު ކަމަށް އާދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ އިނިޝިއަލް ވޮޝްރޫމް ހައިޖީންއިން ކުރި މި  ދިރާސާއިން ދައްކާ ގޮތުގައި ކޮންމެ 5 ދަބަހަކުން 1 ދަބަހެއްގެ އަތްގަނޑަކީ ޖަރާސީމުގެ ” ހާއްޔެކެވެ”. މިގޮތުން ފާހާނާ ތައްޓެއްގެ މަތިގަނޑަށްވުރެ އަތްދަބަހަށް އަޅާފައިހުންނަ އަތްދޮންނަ ކްރީމް ފުޅީގައި ބެކްޓީރިއާ ހުންނަ މިންވަރު ގިނައެވެ. އެހެން ނަމަވެސް  ދަބަހަށްލާ  ލިޕްސްޓިކާއި މަސްކަރާ ގެ ހާލަތު ކްރީމް ފުޅިއަށް ވުރެ ރަނގަޅުކަމަށް މިދިރާސާއިން ދައްކައެވެ.

މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ލެދަރ ހޭންޑްބޭގުގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރެވެ. އެހެނީ މަޑު ޓެކްސްޗަރ އަކީ ބެކްޓީރިއާ ހެދި ބޮޑުވެ، ފެތުރިގަތުމަށް ބޭނުންވާ މާއްދާތައް އޭގައި އެކުލެވޭ އެއްޗެކެވެ. އެހެންކަމުން އެންޓި ބެކްޓީރިއަލް ޖެލް ބޭނުންކޮށްގެން ގަވާއިދުން އަތް ދަބަސް ސާފުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއްވައެވެ.

އަތް ދަބަހަކީ ހަށިގަނޑާއި އެތަން މިތަނުގައި ޖެހޭ އެއްޗެއް ކަމަށާއި އެކި އެކި ޖަރާސީމުގެ ސަބަބުން ނުރައްކާތެރި ބަލިތަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިނިޝިއަލް ހައިޖީންގެ ޓެކްނިކަލް މެނޭޖަރ ޕީޓަރ ބަރާޓް  މެއިލް އޮންލައިންގައި ވިދާޅުވެފައިވެ އެވެ.

އަތްދަބަހަކީ އަޅުގަނޑުމެން ދިވެހި އަންހެންވެރިންގެވެސް އަތްމަތީ އެއްޗެކެވެ. ބާޒާރު ކުރިޔަސް، ޑޮކްޓަރަށް ދައްކަންދިޔަކަމުގައި ވީނަމަވެސް، ފިނިބުރަށް ނުކުތަސް އަތްދަބަސް ވެފައި ވަނީ އަތުން ދޫކޮށް ނުލެވޭފަދަ އެއްޗަކަށެވެ. އެހެން ކަމުން އަތްދަބަސް ބޭނުންކުރާ ފަރާތްތަކުން އެތަކެތީގެ ސާފުތާހިރުކަމާމެދު ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355