twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޢުމަރު ބުރުކާން ސައުދީ އަރަބިއްޔާއިން ބޭރު ކުރެވުނީ މާރީތި ވެގެންނެއް ނޫން، ގޮތް ކުޑަކަމުން: ސައުދީގެ ދީނީ ފުލުހުން

Jun 13, 2013

ދުނިޔޭގެ ހުރިހާ މީޑީޔާތަކެއްގެހެން ލޯތައް އަމާޒުވި މަޝްހޫރު ޔޫއޭއީގެ އަރަބި ޒުވާނެއް ކަމަށްވާ ޢުމަރު ބުރުކާން ސައުދީ އަރަބިއްޔާއިން ބޭރު ކުރެވުނީ މާރީތި ވެގެން ނޫން ކަމަށް ސައުދީގެ ދީނީ ފުލުހުން ބުނެފި އެވެ.

ސައުދީގެ ދީނީ ފުލުހުންގެ ވެރިޔާއާ ހަވާލާދީ އެގައުމުގެ ނޫހެއްގައި ބުނެފައިވަނީ އުމަރު ބުރުކާން ސައުދީ ބޭރުކުރެވުނީ އޭނާ މާރީތި ވެގެން ނޫން ކަމަށާއި އޭނާ އާއި އިތުރު 3 މީހަކު ސައުދީ ބޭރުކުރެވުނީ “ގޮތް ކުޑަކަމުން” ކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނީ ސައުދީގައި ކުރިއަށް ދިޔަ އެގައުމުގެ ސަގާފީ ހަރަކާތެއްގެ ތެރެއިން އުމަރު ބުރުކާނާއި އިތުރު 3 މީހަކު، އެގަމުގެ ޖިންސުލަތީފުންނާއެކު ނަށާ އެމީހުންގެ މައިންނާއި ދަރީން ތިބޭ ތަންތަނަން ގޮސް ގުދުވެ، ވަހުޝީ ގޮތްގޮތަށް އެމީހުން ކުރިމަތީގައި އުޅެ، ބަލާކަމުގެ ޝަކުވާތައް ލިބުމުން ކަމަށެވެ.

އިތުރަށް ސައުދީ ފުލުހުންގެ ފުލުހުން ވެރިޔާ ބުނެފައިވަނީ އެމީހުން ސައުދީ އަރަބިއްޔާއިން ބޭރު ކުރެވުނީ މީހުންގެ ލަދުހަޔާތް ކުޑަކަމުން ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑިއާތައް ބުނާ ގޮތުގައި އުމަރު ބުރުކާނު ސައުދީ އަރަބިއްޔާއިން ބޭރުކުރެވުނީ ޖިންސުއްލަތީފުން އަޅައިގަންނަ ކަހަލަ މަ ރީތީ، ފިރިހެންވަންތަ ސިފައެއް ލިބިފައި ހުންނާތީ ކަމަށެވެ.

އަރަބި ބައެއް މީޑިއާތައް ބުނާ ގޮތުގައި އުމަރު ބުރުކާނު ފެނުމުން އެގައުމުގެ އަންހެން ކުދިން އޭނާގެ ރީތި ކަމަށް ސަޖިދަ ކުރެއެވެ.

އުމަރު ބުރުކާނު ސައުދިއަރަބިއްޔާ އިން ބޭރު ކުރީ އެގައުމުގެ ދީނީ ފުލުހުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355