twitterviber whatsapp telegramfacebookyoutube instagram
8th December 2019

ދިރާގު ‘ޕްރީޕެއިޑް ރެޑް’ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ ޕްރޮމޯޝަނެއް ފަށައިފި

Sep 8, 2013

ދިރާގު ‘ޕްރީޕެއިޑް ރެޑް’ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

“ރެޑް ޓު ރެޑް” ގެނަމުގައި ދިރާގުން ފެށި މިޕްރޮމޯޝަންގައި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ޑެއިލީ ރެޑް ބެނެފިޓް ބޭނުންކޮށްގެން ކޮންމެ ދުވަހަކު ނުވަތަ ބޭނުންވާ ކޮންމެ ދުވަހަކުވެސް ޕްރީޕެއިޑް ރެޑް ބޭނުންކުރައްވާ އެހެން ކަސްޓަމަރުންނަށް ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މިގޮތުން ރެޑް ބެނެފިޓް އެކްޓިވްއޭޓް ކުރުމަށް ރެޑް ޖެއްސެވުމަށްފަހު 343 އަށް އެސްއެމްއެސް ކުރެއްވުމުން ރެޑް ބެނެފިޓް އެކްޓިވްއޭޓް ކުރެއްވޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. ދިރާގުގެ އެހެން ކަސްޓަމަރުން ރެޑް ޓު ރެޑް ޕްރޮމޯޝަންތޯ ބެލުމަށް PKG ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް CHECK މިހެން ޖެހުމަށްފަހު ބަލަން ބޭނުންވާ ނަމްބަރު ޖަހާ 444 ކަށް އެސްއެމްއެސް ކުރުމުން އެނަންބަރަކީ ދިރާގު ޕްރީޕެއިޑް ރެޑް ކަސްޓަމަރެއްތޯ ބަލާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޯބަރ މަހުގެ 31ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355