އަޅުގަނޑުމެންނަށް ލިޔުމުގައި ހެދޭ ކުށްތައް ރަނގަޅުކުރުމަށްޓަކައި މިހާރު ބޭނުން ކުރަމުން މިގެންދަނީ ކޮމްޕިއުޓަރ ޕްރޮގްރާމްތަކުން ފޯރުކޮށްދޭ އޮޓޯ ކަރެކްޝަން ސިސްޓަމެވެ. އެހެން ނަމަވެސް އަތުން ލިޔުމުގައި ހެދޭ ގޯސްތައް ކޮމްޕިއުޓަރަކާއި ހަމައަށް ނުގޮސް ރަނގަޅު ކުރެވޭނެ މަގެއް މިހާރުމިވަނީ ފަހިވެފައެވެ.
އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ކިކްސްޓަރޓާއިން ފަންޑުކޮށްގެން އުފައްދާފައިވާ ލާރން ސްޓިފްޓް ނަމަކަށްކިޔާ ގަލަމަކީ މިހާތަނަށް އުފައްދާފައިވާ އެންމެ ގިނަ އަދި އެންމެ މަތީ ހައި ޓެކް ސޮފްޓްވެއަރތައް އޭގައި އެކުލެވޭ ގަލަމެވެ. މިގަލަމުގެ ބޭނުން އޭގެ ޒާތުގައި އެކަނި އޮތަސް ކުރެވޭނެއެވެ. މި ގަލަމުގައި ތަފާތު އެކި އެކި ޑިޖިޓަލް އާލާތްތައް ކަމަށްވާ ޕްރޮސެސާ އާއި މޯޝަން ސެންސަރ އާއި ވައިފައި، ވައިބްރޭޝަން މޮޑިއުލް އާއި މެމޮރީ ކާޑު ވަނީ ހަރުކުރެވިފަ އެވެ. އަދި މި ތަކެއްތަކީ ސްޕެލިން ރަނގަޅުކޮށް މި ގަލަމަށް، ގަލަމެއްގެ ސިފަ ގެނައުމަށްޓަކައި ހަރުކުރެވިފައިވާ ތަކެއްޗެވެ.
މި ގަލަމުން ލިޔާ އަކުރުތައް ފާހަގަކުރުމަށްޓަކައި ޓޫޑައިމެންޝަނަލް ޕާތެއް ވަނީ ހަރުކުރެވިފައެވެ. އަދި މި ޕާތު އެކުލަވާލުމަކީ ނުހަނު ދަތި އުނދަގޫ ކަމެއް ކަމަށްވެސް ގަލަން އުފެއްދި ފަރާތްތަކުން ހާމަކުރެއެވެ. އަދި ސޮފްޓްވެއަރ ޑިޒައިނަރުންނާއި ގަލަމުގެ އިންޖިނިއަރިން ރަނގަޅުކުރުމަށް ތަފާތު ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާކަން މިގަލަން އީޖާދުކުރި ފަރާތުން ބުނެއެވެ. މިގޮތުން ގަލަމުން ލިޔެވޭ އަކުރުތައް ފާހަގަކުރުމުގެ ސޮފްޓުވެއަރ ތައްޔާރުކޮށްފައިވަނީ ޑެނައިލް ކާސްމާކަރއެންޑް ފާލްކް ވޮލްސްކީ ކިޔާ ފަރާތަކުން ކަމަށާއި ނުބައި ސްޕެލިންގ އެއް ލިޔެފި ނަމަ ލިޔުންތެރިޔާއަށް އެކަން އަންގައިދިނުމުގެ ގޮތުން ވައިބްރޭޓުވާނެކަމަށް މިގަލަން އީޖާދުކުރިފަރާތުން ބުނެއެވެ. އެހެން ކަމުން މި ގަލަމުގެ އިންޖީނު ތައްޔާރުކޮށްފައިވަނީ ބައިވަރު ސްމާޓް ފޯނާއި ޓެބްލެޓު ތަކެއްގެ އެހީގައި ކަމަށްވެއެވެ.
ލާރން ސްޓިފްޓްގެ މި ގަލަން އަންނަ 2014 ވަނަ އަހަރުން ފެށިގެން ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ގަލަމެއްގެ އަގު 130 އާއި 150 ޔޫރޯ އާ ދެމެދުގައި ހުންނާނެ ކަމަށް މިގަލަން އީޖާދުކުރި ފަރާތުންބުނެއެވެ