twitterviber whatsapp telegramfacebookyoutube instagram
20th April 2025

ދިރާގު ރޯދަ ހަދިޔާގެ ނަސީބުވެރިންނަށް ސައިކަލު ހަވާލުކޮށްފި

Sep 25, 2013

ދިރާގުން މިއަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔަ “ރޯދަ ހަދިޔާ” ޕްރޮމޯޝަންގެ ސައިކަލު ލިބުނު ހަތަރު ކަސްޓަމަރަކަށް އެތަކެތި ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ސައިކަލްގެ ރަސްމީ ތަޅުދަނޑި ހަވާލުކޮށްދެއްވީ އެލިޔާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

މިގޮތުން މޯބައިލް ޕޯސްޕެއިޑާއި ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ސައިކަލް ލިބުނީ ހ. ޑީންސް ވިލާ އިސްލާއިމް ޝާން ވަހީދުއްދީން އަށެވެ. ޓަޗް ނެޓް ކަސްޓަމަރުންގެ ތެރެއިން ގއ. ދާންދޫ ފެހިވިދުވަރުގޭ ހުވައުލަދު އިބްރާހިމް އަށް ސައިކަލު ލިބުނުއިރު އޭޑީއެސްއެލް ކަސްޓަމަރުންގެ ތެރެއިން ސައިކަލު ލިބުނީ މ. އަރަލިގާ އިބްރާހިމް އިސްމާއީލްއަށެވެ. މީގެއިތުރުން ފިކްސްޑް ލައިންގެ ބައިން ސައިކަލް ލިބިފައިވަނީ ހ. މާފޮޅިވިލާ އަހުމަދު އާދިލް ޔަހުޔާ އަށެވެ.

ސައިކަލު ލިބުނު ފަރާތްތަކަށް ޔަމަހާގެ ހަތަރު މޮޑެލް ސޯލްޖީޓީ، ބައިސަން، ޒިއޯން އަދި ފީނޯ ސައިކަލުގެ ތެރެއިން ބޭނުން ވައްތަރެއް ޚިޔާރުކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއްވައެވެ. އަދި ނަސީބުވެރިން ހޮވާފައި ވަނީ އެ ޕްރޮމޯޝަންގައި ބައިވެރިވި ކަސްޓަމަރުންގެ މެދުގައި ގުރުލައިގެން ކަމަށްވެސް ދިރާގުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355