twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން ގިނަ އަދަދެއްގެ ބާ މުދާތަކެއް ނީލަންކިޔައިފި

Sep 25, 2013

ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން ބޭނުންކޮށްފައިހުރި ގިނަ އަދަދެއްގެ ތަކެތި ނީލަމުގައި ވިއްކާލައިފި އެވެ.

މި ނީލަމަކީ މިވަގުތު އެ ސެންޓަރުގައި ހުރި ތަކެތީގެ ތެރެއިން ދިރާގަށް އޭގެ ބޭނުން ނުހިފޭ އެހެން ނަމަވެސް އާންމުންނަށް އެއިން ބޭނުން ހިފޭނެ ތަކެތި ވިއްކުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރާއި އެދުވަހުގެ ރޭ އެ ސެންޓަރުގައި ބޭއްވި މި ނީލަމުގައި އެކިބާވަތުގެ ޖުމްލަ 100 މުދަލެއް ވަނީ ވިއްކާފަ އެވެ. މިގޮތުން ބެޓެރި އާއި ލޯ ނަރު ފަދަ މައުދަނުގެ ތަފާތު ބާވަތްތަކުގެ މުދާ ހިމެނެ އެވެ.

މިނީލަމަށް ގާތްގަނޑަކަށް 200 އެއްހާ އާންމުން ޖަމާވެފައިވާ ކަމަށް ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355