twitterviber whatsapp telegramfacebookyoutube instagram
12th September 2026

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް “އަންލިމިޓެޑް” ކޯލް ކުރެވޭ ޕެކޭޖެއް ތައާރަފު ކޮށްފި

Sep 29, 2013

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން “އަންލިމިޓެޑް” ފޯންކޯލު ކުރެވޭ ޕެކޭޖެއް ދިރާގުން ތައާރަފު ކޮށްފި އެވެ.

“ޑެއިލީ އަންލިމިޓަޑް ވޮއިސް އެޑްއޮން”ގެ ނަމުގައި ދިރާގުން އަލަށް ތައާރަފުކުރި މި ޕެކޭޖުން ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޕްރިޕެއިޑް ސްޓޭންޑާރޑް ޕުލޭން އާއި ހައި ފައިވް ޕްލޭންގެ އިތުރުން ޕްރިޕެއިޑް ޕްލަސް ޕުލޭން ބޭނުން ކުރައްވާ ފަރާތްތަކަށް 15ރ. ހޭދަ ކޮށްގެން ދިރާގުގެ ނަމްބަރުތަކަށް 24 ގަޑިއިރުވަންދެން ހިލޭ ގުޅާލެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޕެކޭޖާ ބެހޭގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ސީނިއަރ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އިމްޖާދު ޖަލީލް ވިދާޅުވީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރުގެ ކޮންމެ ވަގުތެއްގައި ވެސް މި ހިދުމަތް ހޯދޭނެ ކަމަށާއި މިއީ ވަކި މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ނޫން ކަމަށެވެ.

މި ހިދުމަތް ބޭނުންވާ ފަރާތްތަކުން ADD VOICE15 ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކުރުމުން އެހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293