twitterviber whatsapp telegramfacebookyoutube instagram
5th June 2025

ހުސްވަގުތު ނިދުން – ސިކުނޑިއަށް މުހިއްމު ކަމެއް

Oct 13, 2013

ނިދުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ހުސްވަގުތުކޮޅެއްދޭ ކަމެކެވެ. ތިމާގެ ހަށިގަނޑަށް ލިބިދޭ ވަރުބަލިކަން ނައްތާލާ ކުރިއަށްހުރި ހަރަކާތް ތަކަށް ތިމާގެ ހަށިގަނޑު ތައްޔާރުކޮށް ހާނާލުމަށް ވަރަށް މުހިއްމު ކަމެއްވެސް މެއެވެ.  އެހެން ކަމުން ނިދުމުގެ ވަގުތުތައް ކަނޑައެޅުމުގައި ސައިންސްވެރިން މިވަނީ ލަފައެއް ދެއްވާފައެވެ. ނިދުމުގެ އެ ވަގުތަކީ ކިތަންމެ މަދު ނުވަތަ ގިނަ ވަގުތަށްވީ ނަމަވެސްމެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މަސައްކަތެއްގައި އުޅެ ވަރުބަލިފިލުވާލުމަށް ތަނެއްގައި އޮށޯވެލައިގެން އޮތުމަށް އެންމެ ރަނގަޅީ 10 މިނެޓާއި 20 މިނެޓުގެ ވަގުތު ކޮޅެކެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު ހިތްހަމަޖައްސާލުމަށް ގަޑިއިރެއްގެ ހުސްވަގުތު ނެގުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި ގަޑިއަކުއިރު ނިދާލުމަށްފަހު ކިޔެވި އެއްޗެއް ހަނދާން ކުރަން ފަސޭހަވާނެ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދޮޅުގަޑި އިރު މިގޮތަށް ނިދުމަކީ މީހާގެ އުފެއްދުން ތެރިކަމާއި ހަނދާން ގަދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.މިގޮތަށް ނިދާއިރުގައި ހަށިގަނޑު ތެދަށް ބާއްވައިގެން ނިދުމަށް ސައިންސްވެރިން ލަފާދެއެވެ. ސަބަބަކީ މިކަމުން ގިނަ ވަގުތު ނިދުމުން މީހާ ދުރުކޮށްދޭ ކަމަކަށްވެފައި ކުރަން ހުރި މަސައްކަތަށް ރުޖޫއަވެވޭނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355