twitterviber whatsapp telegramfacebookyoutube instagram
28th July 2026

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިންޓަނެޓްގެ މުޅިން އާ ދެ ޕެކޭޖެއް ތައާރަފްކޮށްފި

Nov 24, 2013

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން އާ މޯބައިލް އިންޓަނެޓްގެ ދެ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ދިރާގުން އަލަށް ތައާރަފުކުރި މި ޕެކޭޖުގައި ހިމެނޭ “ޑޭޓާ 25 އެމްބީ”ގެ އެއް ގަޑިއިރު ބޭނުން ކުރެވޭ އިންޓަނެޓު ޕެކޭޖުގެ އަގަކީ 10ރ. އެވެ. އަދި “ޑޭޓާ 125 އެމްބީ”ގެ އެއް ދުވަހު ބޭނުންކުރެވޭ ޕެކޭޖުގެ އަގަކީ 25ރ. އެވެ.

މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ސީނިޔަ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ މި ޕެކޭޖުތައް ބޭނުންކޮށްގެން ސްމާޓް ފޯނުތަކަށް ޚިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕެކޭޖު އެކްޓިވޭޓު ކުރެއްވުމަށް ADD ‘package keyword ޖެހުމަށްފަހު 343 އަށް މެސެޖް ކުރެއްވުމުން އެ ހިދުމަތެއް ލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ދިރާގުން މޮބައިލް އިންޓަނެޓު ހިދުމަތުގެ އާ ޕެކޭޖުތައް ތައާރަފުކުރަމުން ދާއިރު ކަސްޓަމަރުން ނަގާފައިވާ ޕެކޭޖުގެ ބާކީ ހުރި ބައި ޗެކް ކުރަމުން ދިއުން މުހިންމު ކަމަށާއި އެކަން 727 އަށް އެސްއެމްއެސްއެއް ކޮށްގެން ބެލޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން މީގެ ކުރިންވެސް މޯބައިލް އިންޓެނަށް ހާއްސަކޮށްގެން ގިނަ ޕުރޮމޯޝަންތަކެއް ވަނީ ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355