twitterviber whatsapp telegramfacebookyoutube instagram
5th June 2025

އަދަބިއްޔާތު – އާދޭސް

Nov 26, 2013

ޢަލީ ހާޝިމް

އުފާވެރިކަމުގެ ގުލްޒާރަށް ކަލާޔާ އެކު ދެވޭނޭތޯ؟

ތަފާތު ރަހައިގެ ލައްޒަތަކުން ތަސައްލީއެއް ދެވޭނޭތޯ؟

ބަހާރުގެ މޫސުމޭ މި އައީ، ފަޒާ ތާޒާވެފައި މި ވަނީ،

އެހާ ދިގު އިންތިޒާރަށް އަދު، ނިމުން ގެނުވައި ދެވޭނޭތޯ؟

އި ބަޅިނދާ ރީތިހައި އެ ކޮކާ، ތަކާއެކު ފޫހިމުނި ފިލުވައި،

ކިބައިން ޔާރުގެ މަގޭ މިހިތަށް، އަރާމެއްވެސް ދެވޭނޭތޯ؟

ދުލިން ޝަރަމުގެމިވާ ފަރުދާ، ފުކަޝް ލޯބިން އެތާކޮށްފައި،

މުޅިން ޢިޝްޤީ އެ މެހެފިލްގައި، އަތާ އަތް ގުޅުވެވޭނޭތޯ؟

މަޙައްބަތު ކުންނުގައި ޖައްސާ، މޮހާލައި ގޮށް އެވާ އައްސާ،

މަޙައްލަށް ޝަބްނަމުގެ އޮއްސާ، އެކީގައި ގެންދެވޭނޭތޯ؟

އިޝާރާތުގެ ޢަލާމާތެއް، އެ ވަގުތުގެ ލިބިދެވޭ ގޮތުގައި،

ނިޝާނެއް ލޯބިކޮށްދޭ ރަމްޒު ޔާރުގެ އަދު ލިބޭނޭތޯ؟

މި އާދޭސް އައްސަވާނަންތޯ؟ މި ޙާލަށް ބައްލަވާނަންތޯ؟

މިއާ އެކު ލަސްނުކޮށް އެދެވޭ ޖަވާބެއް ދެއްވެވޭނޭތޯ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355