twitterviber whatsapp telegramfacebookyoutube instagram
3rd August 2026

އަދަބިއްޔާތު – މަސްވެރިންގެ ދުވަހަށް ޚާއްޞަ: މަސްވެރިންނޭ…!

Dec 10, 2013

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

މަސްވެރިންނޭ ޤައުމުގައި އަދު ހަކަތަ ހިފަހައްޓައި ދެނީ

މަސްވެރިންގެ މަސައްކަތުންނޭ ޤައުމު ކުރިއަރަމުން ދަނީ

ކޮންމެ ރެޔަކުމެ ނުނިދަ ހޭލާތިބެ ފުރައިގެން ދަންވަރަށް

އެންދަމަށް ގިރި ހާހަލަށް އިރުނާރަނީސް ގޮސް އެތިބެނީ

އެންދަމައިގެން ފޯރިއާ ޖޯޝާ އެކީގޮސް މަސްކަނޑުން

ހައްސަ ބާނައިގެން ރަށަށް ހަމަ ކޮންމެ ދުވަހަކު އެލަފަނީ

ބޭނިމަސް ކޮޅު ގޮސް ކިރައިގެން އުފަލުގައި ހިނިތުންވަމުން

އޭގެ ފައިދާއިންނެ އެވެރިން ދިރި އުޅުން ހަމަޖައްސަނީ

އަވި ދިނަސް ވިއްސާރަޔަސް ވަރުބަލި ކަމެއްނެތި ޖޯޝުގައި

އަވަދިނެތި އެކުރާ މަސައްކަތް ކޮށްލަ ކޮށްލާ އެ ތިބެނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355