twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަދަބިއްޔާތު – ޤައުމީ ދުވަހު ލިބި ގަންނަން ޖެހޭ ފިލާވަޅު ތަކުގެ ތެރެއިން..

Jan 2, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ރާގު: ވޮ ޗާންދު ޗަމްކާ ވޮ ނޫރު ހަލްކާ…..

ފިދާވެދާށޭ ޢަޒުމް ކުރާށޭ ޖިހާދު ޤަޥްމީ ކުރަން ކެރި ތިބޭށޭ

ވެލާށެ ޙިއްޞާ ނަގާށެ ޒިންމާ، އަމާޒުގައި ކުރިއަރާ ދާން ހިނގާށޭ

ޕޯޗުޤީޒުންގެ އަނިޔާތަކުން، ހޯދި ނަޞްރާ ފަތަހަ ހިތްވަރުން

ލޯތަކުން އައި ކަރުނަ ފޮހެދެމުން، ލޯބި ޤައުމީ ބިމަށް ދިންގޮތުން

ހަނދާން ނުވޭހެ ވިސްނުމުން، ލިބޭ މި ޢިބްރަތެއްކަމުން

އެ ގޮތް މަތީން ޒުވާން ދަރީން ހިނގާފަ ދާށޭ

އުތީމު ތިން ބޭންގެ ގަދަ ހިތްވަރުން، ކުރި ޖިހާދެއްގެ މަތިވެރިކަމުން

އުނިވުމެއްނެތް މި ތަޢުރީފަކަށް، ޙުރުމަތާއެކު ދެވޭ ޝަރަފަކަށް

ވެގެން މި ދީބުރޯޝަނީ، އަލުން ޙަޔާތަކާއެކީ

ދިރުން އެ އައިގޮތެއް ހިތުން ފިލައި ނުދާނޭ

އަންނަ ހަމަލާ ތަކުން މިންޖުވާން، ކުރިއަރާ ދާ މި ތިލަދުންމަތީ

ފެންނަހާ ރީތި މަންޒަރުތަކުން، އަންނަނީ ސިފަވަމުން ބިންމަތީ

ހިނގާށޭ ފަސްނުޖެހި އަލުން، އުޅޭށެ ޤަޞްދު އެދި އަޚުން

ހިތާށޭ ވާޖިބޭ މިއީ ފުރާނަ ދޭށޭ

އާކުރާށޭ މިޤައުމީ ދުވަސް، އާވެގެން ރޯވެ ކުރިލާ ގޮތުން

އާރުލާ ދިވެހި ލޮބުވެތި ދަރީން، އާޒުވާން ޖޯޝަކާ އެކުވެގެން

ޒުވާން ދަރިންގެ ހިތްތަކަށް، ދިރުން ލިބޭނެ ގޮތްތަކަށް

މި ރޫޙު ޤައުމުގައި އަލުން ކުރާށެ އާލާ

ކުރީގެ ތާރީޚް މާޒީ ތެރޭން ، ފެންނަނީ ރީތިކޮށް ނުވެފަނާ

އުތީމު ބަންޑާރައިންނަށް އަދާ، ދަންނަވާށޭ ދުޢާ އާ ޘަނާ

ކަލާންގެ ހަޟްރަތުން އެދެން، ނިޔާމަ މަޙްޝަރުން ލިބުން

އެދޭށެ ޖަންނަތުން ޖަޒާ ދުޢާ ކުރާށޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355