twitterviber whatsapp telegramfacebookyoutube instagram
5th June 2025

އަދަބިއްޔާތު – ކާކަށްތަ އެނގެނީ ވާނޭ ގޮތެއް..؟

Jan 14, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ކާކަށްތަ އެނގެނީ މާދަމާ ވާނޭ ގޮތެއް ތަޤްދީރުގައި

ދާކަންވެ ހިނގަމުން އެނބުރެމުން ދާއިރު މިހެން މިޙަޔާތުގައި

ބޭނުންވެގެން ނިކަމެއްޗަކަށް ދިއްކޮށްލުމުން އަތް މީހަކަށް

ބޭނުންވި ކަންތައް ކޮށްނުދީ ތިބުމުން ތިހެން ފަސްޖެހުމުގައި

މީހުންގެ އަބުރާ ޢިއްޒަތަށް ދާއިރު އަރަ އަރައި ގަންނަމުން

މީހުންގެ ނަފްސާ ޙުރުމަތަށް ޤަދަރެއް ނުކޮށް ތިބެ ފާޅުގައި

ހީއެއްގެ މައްޗަށް ބުރަވެ ހުރެ މީހުން ބުނާ އަޑުތައް އަހައި

މީހެއްގެ މޫނެއް ކަނދުރަޔެއް ނުބަލައި މަލާމާތް ކުރުމުގައި

ވިސްނައި ނުލައި ތިޔަހެން ދުލުން ބަސްތައް ބުނާ އިރު މީހުނަށް

އަޞްލެއް ނެތަސް ބުނުމުން ތިހެން ޝައިޠާނުދޭ ގަދަ ބާރުގައި

އަނިޔާ ދެމުން އެކިމީހުނަށް، ދާއިރު ތިހެން ފިކުރެއް ނުކޮށް

ދުނިޔޭގަ މި އުޅޭ ތިންދުވަހު ވަރުވެސް ހުރީތީ ޖާނުގައި

މަކަރާއި ހީލަތް ހެދުމަކީ ފަޚުރެއްކަމަށް ދެކިގެން ލިބޭ

މަރުވާނެކަން ވިސްނައި ނުލައި، ދާއިރު ތިހެން ހުރެ ޝައުޤުގައި

އަންނާނެ ދުވަހެއް އޮތް ކަމެއް، އެދުވަހު ހިސާބު ވެވޭކަމެއް

އިންސާފު ވެރި ކަމުގައި ނިޔާ އިއްވޭ ދުވަހު އާޚިރަތުގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355