twitterviber whatsapp telegramfacebookyoutube instagram
15th March 2026

ޅެންވެރިންގެ ދުވަހަށް ޚާއްޞަ: ޅެންވެރިންނަށް މަރުޙަބާ..!

Jan 15, 2014

އާދަމް އިބްރާހީމް ދުރުމީ ، ހދ.ކުޅުދުއްފުށި

ޅެންވެރިންނަށް މަރުޙަބާ، ޅެން ވެރިކަމަށް ވެސް މަރުޙަބާ

ޅެންވެރިން ދުވަހަށް މިއައި އުފަލުން ކިޔާނީ މަރުޙަބާ

ފެންނަރީތި ލަފުޒުތަކާ، ގެންނަ ރީތި ޢިބާރަތާ

ފެންނަ ހިނދު ޅެން ބަހުރުވައިން އެކަމަށް ކިޔާނީ މަރުޙަބާ

ސިފަ ކުރާ އެކި ކަންކަމާ، އެކި ކުރާ ޙަރަކާތްތަކާ

ސިފަވަމުން ދާހިނދު ޅެމުން ކިޔެމުންދަނީ ހަމަ މަރުޙަބާ

ޖޯޝުހުރި ޤައުމީ އުފައްދައި، ފޯރި އެކަމަށް ދީ ހަދައި

ޖޯޝުހުރި މޮޅު ޅެންތަކަށްވެސް ފެނިފައި މިކިޔަނީ މަރުޙަބާ

ލޯބި ޢިޝްޤީ ސިފަކުރާ، ލޯބި ހިތުގައި އާކުރާ

ލޯބިވެތިވީ ޅެންތަކަށް ، ލޯބިން މިކިޔަނީ މަރުޙަބާ

ހިތްތަކަށް ފިނި ކަން ލިބޭ، ނަފުސުތައް އިވި ހަމަޖެހޭ

ހިތްތަކުގެ ފޮނިފޮނި ޝުޢޫރުން އުފެދިގެންދާ މަރުޙަބާ

ޢިލްމް ލިބިދޭ ޅެންތަކާ، ޙިލްމު އުފެދޭ ޅެންތަކާ

ޢިލްމްތައް ފަތުރާލަދޭ ޅެންވެރިކަމަށް ހެޔޮ މަރުޙަބާ

ޅެންވެރިން އެ ކުރައްވަވާ މަތިވެރި މަސައްކަތް ބައްލަވައި

ޅެންވެރިން އަދު ޅެންވެރިންނަށް ވެސް ކިޔާށޭ މަރުޙަބާ

ޅެންވެރިންނަށް ޚާއްޞަ ދުވަހެއް ތީމިތާ ފާހަގަ ކުރާ

ޅެންވެރިންވެސް ޝުކުރުވެރި ހިތަކުން ކިޔަންވީ މަރުޙަބާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355