twitterviber whatsapp telegramfacebookyoutube instagram
18th April 2025

ކުޅުދުއްފުށީ ކައުންސިލަށާއި ހދ.އަތޮޅު ކައުންސިލަށް ހޮވުނު ފަރާތްތަކަށް މަރުޙަބާޔާ ތަހުނިޔާ އަރިސްކުރަމުން

Jan 19, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

މަރުޙަބާޔާ ތަހުނިޔާ އަދު ފަށްފަށުން މި އަރިސްކުރަން

ފަޚުރުވެރިވީ ތިޔަ މަޤާމަށް އާދެވުނަތީ ހެޔޮހިތުން

ޝަރަފެކޭ ތިޔައީ ލިބުން މިރަށާ އަތޮޅުގެ ނިސްބަތުން

ކިބުރުވެރިކަމުގައި ހިތާމޭ ގެނބި ނުދާނޭ ހީކުރަން

ވެއްޓިފައިވާ ވަޅުގަނޑުން މިރަށާ އަތޮޅުގެ ކުރި އެރުން

ނެއްޓިގެން ކުރިޔަށް ދެވޭނޭ ކަމުގެ އުންމީދެއް ކުރަން

ފިކުރުތައް އެކި ގޮތްގޮތަށް ބެހިފައިވިޔަސް ތި މަޤާމުގައި

ފިކުރުތައް ގުޅިގެން އެކީ ޚިދުމަތް ކުރުން އެދި ދަންނަވަން

މީހަކަށް ކަނދުރާއަކަށް ނުބަލައި އެކީ ހަމަހަމަ ގޮތުން

ރީތިކޮށް އިންސާފުވެރި ވާނޭ ކަމަށް ވެސް ހީކުރަން

މާކުރިން ދެކެމުން އެއައި ގޮތް ތިޔަ މަޤާމަށް ލޯތަކުން

ލައިދުރަށް އެންމެން އެކީގައި އެބަޖެހޭ މަސައްކަތް ކުރަން

ގާތްކަމާއި ތިމާގެ ކަން ވަކިމީހަކަށް އޮތަކަސް ނިކަން

ފާޅުގައި އެތަފާތުތައް ނައްތައި ލުމަށް ވެސް ދަންނަވަން

ރައްޔިތުންނީ އެއްބަޔެއް ވަކިވަކި ތަފާތެއް ނެތް ބަޔެއް

ރައްޔިތުންނަށްވެސް އެކަން ވިސްނޭނެހެން ވީކަން ކުރަން

ރައްޔިތުން ލޯތްބާއި ޤަދަރާ އެދެވިގެން ވާނަމަ ލިބުން

ރައްޔިތުންނީވެސް ބަޔެއް ކަމުގައި ޖެހޭނޭ ވިސްނަވަން

މިރަށަކީ އަދި މާކުރިން ތާރީޚް ދައްކާ މޮޅު ރަށެއް

ލިބިފަވާ ފަޚުރާޝަރަފް ހަމަ އެބަޖެހޭ ދަމަހައްޓަވަން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355