twitterviber whatsapp telegramfacebookyoutube instagram
15th March 2026

އަދަބިއްޔާތު – ފުރުޞަތު ދޭށެ ލޯބީގައި…!

Jan 23, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ރާގު: މި ކުޑަ ކުޑަ ލޯބި ނާނާޔާ……………..

މި ފުރުޞަތު ދޭށެ ލޯބީގައި އެކީ މި ދެރޫޙު ގުޅިގެން ދާން

ވި މަސްތީ ރީތި ޢާލަމްގައި އެކީ މި ދެހިތް އުދުހިފައި ދާން

***********************

ހަނދާ ތަރިތަކުގެ އަލިކަމުގައި، ވިދާ ޝަބްނަމްގެ މެހެފިލްގައި

އުދާހުން ޖިސްމުގައި އުފެދޭ އަނދައި އަޅިޔަށްވެ ނިމިގެންދާން

ޖެހޭ ހިތްގައިމު ރޯޅީގައި، ވިދާ ހުދު ރީތި ގޮޑުދޮށުގައި

ޖަހާރާޅުގެ ހިމޭން ކަމުގައި އިވޭ މިއުޒިކް އަހާލަން ދާން

ފޮޅޭ މާތަށް އެ ޤުލްޝަނުގައި، ބަހާރުގެ ރީތި ގަސްގަހުގައި

އުޅޭ ޒާތަށް އުދުހިލާފައި ކޮކާތަށް ރީތި ދެކިލަން ދާން

ހަވީރުގެ ފިނި ވެލާ ހިނދުގައި، ހިނގާ އިރު އޮއްސި ދާއިރުގައި

ދެމީހުން އަތްއަތާ ގުޅުވައި، އެކީ ލޯބިން ހިނގާލަން ދާން

ހުދޫދުން ބޭރުގައި ޢިޝްޤީ، ނުފޫޒުން އުފެދިދާ މަސްތީ

ޝުޢޫރުން ހިތް އުފައްދައިދޭ ތަރާނާ އަޑުއަހާލަން ދާން

ޚިޔާލަށް ވެސް ނުގެނެވޭހާ، މިޘާލެއްވެސް ނުޖެހެވޭހާ

ޤިޔާމަތް ދުވަހު މަޙުޝަރުގައި ހިތާ ރޫޙުން ގުޅައިލެވި ދާން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355