twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގައި ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރެއިން ދެބުދާރުގެ އާދަމް އިސްމާޢީލް

Jan 27, 2014

“އަގުހުރި އެއީ ޝަޙުޞިއްޔަތެއް”

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

އަގުބޮޑު އެއީ ހަމަ ރަންމުތެއް، ޢިލްމީ ގޮތުން ބެލިނަމަ ފޮތެއް

އުޅުމުގަ ހުރީ އަދި މާ ގޮތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

ކުޅިވަރު ރަށުގެ ދިރުވީ އަތެއް، އުނިކޮށް ނުލައި ހަމަ ބާވަތެއް

ކުޅިވަރުގެ ދިން ގިނަ ޚިދުމަތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

މީހެއްގެ ވާނަމަ ހާޖަތެއް، ދީގެން އެހީ ފުއްދާ އަތެއް

މީހުން ގުޅޭ ހިތްހެޔޮ ހިތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

އިސްލާމް ދީނުގަ އޮތްގޮތެއް، ވިސްނައިދެޔޭ އެނގިހުރި ގޮތެއް

އިޞްލާޙުވާން ބުނެދޭ ގޮތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

ދުނިޔޭގަ ވާހާ ހެޔޮ ގޮތެއް، ނުފިލާ ނެތޭ ހަމަ އެއްގޮތެއް

ޢަމަލާ ބަހާ ވެސް އެއްގޮތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

މީހުން އެހެން ނުރުހޭ ގޮތެއް، ހިތުގައި ނުވާނެ ބޮޑާ ގޮތެއް

މީހުން ރުހޭނޭ ހުރިގޮތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

ދިރިއުޅުމުގައި މެދުމިން ގޮތެއް، އުޅުމުގަ ހުރީ ގޮތް ހުރި ގޮތެއް

ބެލިނަމަ ލިބޭނޭ ޢިބްރަތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

މިއަދުގެ ދަރިން ހޯދަން ގޮތެއް، އަދިވެސް ނުގެއްލޭ ސާޢަތެއް

ދިރިހުރިކަމުން މަރުނުވެ ހިތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

ދެވިފައިވެޔޭ ހަމަ ޢިއްޒަތެއް، ޝުކުރުން ފުރޭ ހުރިހާހިތެއް

ނެތިގެން ނުދާނޭ ޚިދުމަތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

ލިބުމުން މިފަދައިން ފުރުޞަތެއް، ޅެން ބަހުރުވައިން ލިޔެލަން”ފަތެއް”

ނުފުރޭނެތޯ އުފަލުން ހިތެއް، އަގުހުރި އެއީ ޝަޙުޞިއްޔަތެއް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355