twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިރާގުގެ ޕޯސްޓްޕެއިޑް ސްމާޓް: އެންމެ ގިނަ ހިލޭ މިނެޓް…

Feb 14, 2014

ދިރާގުން ‘ޕޯސްޓްޕެއިޑް ސްމާޓް’ގެ ނަމުގައި ޕޯސްޓްޕެއިޑް ޕެކޭޖުތަކެއް ތަޢާރަފުކޮށްފި އެވެ.

މޯބައިލް ޑޭޓާއާއި، ހިލޭ ގުޅޭ މިނެޓާއި، އެސް.އެމް.އެސް އަދި އައި.ޑީ.ޑީ ކޯލު ކުރެއްވުމަށް ޑިސްކައުންޓު ކަސްޓަމަރުނަށް ލިބޭނެގޮތަށް ތައްޔާރު ކޮށްފައިވާ މި ޕެކޭޖުތަކަކީ ދިރާގުން މުޅިން އަލަށް ތަޢާރަފްކުރި ޕެކޭޖުތަކެކެވެ. މި ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ ސްމާޓް169، ސްމާޓް399، ސްމާޓް599، ސްމާޓް799 އަދި ސްމާޓް ޕްރިމިއަމް އެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި ސްމާޓް169 ޕެކޭޖަކީ މިހާރު ރާއްޖެއިން އެންމެ އަގުހެޔޮކޮށް ލިބެންހުރި ޕޯސްޓްޕެއިޑް ޕެކޭޖެވެ. މި ޕެކޭޖް ނެގުމުން އެހެން ޕެކޭޖަކަށް ބަދަލު ކޮށްލެއްވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ. އަދި މީގެ އިތުރުން ‘އެޑްއޯން’ވެސް މި ޕެކޭޖަށް އިތުރުކުރެވޭނެއެވެ.

ސްމާޓް ޕްރިމިއަމް ޕެކޭޖަކީ އެއް ޕެކޭޖަކުން އެންމެ ގިނަ ފައިދާތަށް ލިބޭ އެއް ޕެކޭޖެވެ. 6.5 ޖީބީ އާއި ހަމައަށް އެންމެ ބޮޑު ޑޭޓާ އެލަވެންސެއް ހިމެނޭ މި ޕެކޭޖުގައި އިތުރަށް ބޭނުން ކުރާ ކޮންމެ އެމް.ބީ އަކަށް ޗާޖު ކުރަނީ އެންމެ 10 ލާރީގެ ރޭޓުންނެވެ. މިއީ ޕްލޭންއެއްގެ ބޭރުން ޑޭޓާ ބޭނުންކުރެވޭނެ އެންމެ ހެޔޮ އަގެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް ގުޅުއްވުމަށް އެންމެ ގިނަ ހިލޭމިނިޓް ގެ ގޮތުގައި 5000 މިނެޓްވެސް މިޕެކޭޖްގައި ހިމެނެއެވެ.

ދިރާގުގެ ކޮންމެ ޕޯސްޓުޕެއިޑް ކަސްޓަމަރަކަށް ސްމާޓް ޕެކޭޖުތަކުގެ ގޮތުގައި މިއައި ބަދަލާއެކު %40 އައިޑީޑީ ޑިސްކައުންޓަކާއި ދިރާގު އައިޑީޑީ019 ގެ ޙިދުމަތްވެސް ލިބޭނެއެވެ.

ދިރާގު ޑިރެކްޓަރ މާކެޓިންގް އަހުމަދު މައުމޫން ވިދާޅުވީ، “ދިރާގު ޕޯސްޓްޕެއިޑް ހިދުމަތް ބޭނުންކުރަށްވާ 65000 އަށް ވުރެ ގިނަ ކަސްޓަމަރުން އެބަ ތިއްބެވެ. މިގެނެވުނު ބޮޑެތި ބަދަލުތަކުގެ ސަބަބުން މިހުރިހާ ކަސްޓަމަރުންނަށާއި އަލަށް ހިދުމަތް ހޯއްދަވާ ކަސްޓަމަރުނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިވަޑައިންނަވާނެއެވެ. އެގޮތުން މިހާރު ކޮންމެ ކަސްޓަމަރަކަށްވެސް މޯބައިލް ޑޭޓާއާއި، ހިލޭ ގުޅޭ މިނެޓާއި، އެސް.އެމް.އެސް އަދި އައި.ޑީ.ޑީ ކޯލު ޑިސްކައުންޓް ކޮންމެ ޕޯސްޓްޕެއިޑް ޕެކޭޖެއްމެދުވެރިކޮށް ލިބިވަޑައިންނަވާނެއެވެ.”

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355