twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ސަރުކާރާ ރައްޔިތުން ކުރާ ސުވާލުތައް

Feb 19, 2014

އާދަމް އިބްރާހީމް ދުރުމީ ، ހދ.ކުޅުދުއްފުށި

ރާގު: އުލްފަތުގެ ޤުލްޝަން ތަކުން މާ ފަރިވެ ފޮޅި ނުމެ ދާނެބާ….

ރައްޔިތުންނަށް ވީ ވަޢުދުތައް ލަސްނުކޮށް ފުއްދޭނެބާ؟

އެންމެނަށް ހިތްހަމަ ޖެހޭ ފަދަ ވެރިކަމެއް ކޮށް ދޭނެބާ؟

***************************************

1. ޤައުމުގައިހުރި ކޮންމެ ކަމަކަށް ނަޒަރު ހިންގައި ވިސްނަވާ

އަދު އެ ކަންކަން ހައްލު ވާފަދަ ވިސްނުމެއް ނެރެވޭނެބާ؟

2. ބޯހިޔާ ވަހިކަން ނުލިބިވާ އެންމެނަށް ހިތް ހަމަ ޖެހޭ

ބޯހިކޭ ވަރު ކުޑަ އަގެއްގައި ދިރި އުޅެން ލިބި ދާނެބާ؟

3. ހުސްވެގެން ގޮތް މުއްސަނދިންނަށް ގޮސް ނުޖަހަ ވޭތޯ ސަލާން

ހުސްނުވާ އާ ސަންދައެއް ފަރުވާ ކުރަން ލިބި ދާނެބާ؟

4. އުނގެނުމަށް ބޭނުންވެފައި ތިބިހާ ދަރީންނަށް ޤައުމުގައި

އުނގެނުމަށް ބޭނުންވިރޮނގަކުން ފުރުޞަތެއް ދެވިދާނެބާ؟

5. މަސްވެރިން އެކުރާ މަސައްކަތްތައް ނުހަނު ގާތުން ބަލައި

މަސްވެރިން ބާނާ މަހަށް ފަހެ ހަމަ އަގެއް ދެވިދާނެބާ؟

6. ކުށް ވެރިންގެ ފުށުން މިޤައުމަށް ވާ ބޮޑެތި ގެއްލުން ބަލައި

ކުށް ވެރިން ނެތް މުޖުތަމަޢުއެއް ކޮށް ބިނާ ދެވިދާނެބާ؟

7. އެކަނި ވެރި ހަމަ ކޮންމެ މަޔަކަށް އެކަނި ދިރި އުޅެވޭނެހެން

އެކަނިވެރިވާން ދޫނުކޮށްލާ ތެރި އެހީ ވެވިދާނެބާ؟

8. މުސްކުޅިން ހިތް ހަމަ ޖެހޭފަދަ ރީތި ދިރި އުޅުމެއް އުޅެން

މުސްކުޅިންނަށް ދޭންބުނާ ފަސްހާސްނަގުދު ދެވިދާނެބާ؟

9. ރަށުގެ ބަންދުން އެންމެހާ ދިވެހިން މުޅިން ފިލުވޭނެހެން

ދަތުރުފަތުރު ކުރާ ނިޒާމުން ރާއްޖެ ގުޅުވައި ދޭނެބާ؟

10. މަސްތުވާ ތަކެތީގެ ދަލުގައި ޖެހި މުޅިން މަގު ގެއްލިފައި

މަސްތުގައި ތިބިހާ ޒުވާނުން މިންޖުކޮށް ދެވި ދާނެބާ؟

11. ގޮސް މަހަށް އެ އުޅޭ ދިވެހި މަސްވެރި ތަކުން ނަށް ދޭންބުނާ

މަސްބެޔަސް ނުބެޔަސް ނަގުދު ދިހަހާސް އަތަށް ދެވިދާނެބާ؟

12. ނެތް ވަޒީފާ ކޮންމެ ފަރުދެއް އަދު މި ރާއްޖޭގައި އުޅޭ

ހިތް އުފާ ވާނޭ ގޮތެއްގައި ޖޮބް ތަކެއް ދެވި ދާނެބާ؟

13. ފަތުރުވެރި ކަމުގައި އުޅޭ ހުރިހާ ޒުވާނުންނަށް ޓަކައި

ފަޚުރުވެރި ސައްބީސް ވަޒީފާ ހާސް އުފައްދައި ދޭނެބާ؟

14. އާޙަޔާތެއް ފަށްޓަވާ ހަމަ ކޮންމެ އާ ދެމަފިރިޔަކަށް

އާ ފްލެޓަކުން ދިރިއުޅެން ތަޅުދަނޑި އަތަށް ދެވިދާނެބާ؟

15. ހަމަ ޖެހުން މުޅި ޤައުމުގައި އޮންނާނެހެން އެކުވެރި ކަމާ

ހަމަޖެހޭ ފަދަ ޤައުމަކަށް މި ވަޠަން ހަދައި ދެވި ދާނެބާ؟

16. ޚާއްޞަ ކޮށް ޞިއްޙީ ރޮނގުން ދިވެހިންގެ ފަރުވާ ކޮށް އުޅޭން

ރާއްޖެއިން ހަމަ ކޮންމެ ރަށަކުން ޑޮކްޓަރެއް އުފެއްދޭނެބާ؟

17. އެންމެހާ ދިވެހިން ނުހަނު ކަން ބޮޑުވެފައި ތިބި ބަލިތަކުން

ކެންސަރާ، ކިޑްނީގެ ފަރުވާ އިންޝުއާރ ކޮށް ދޭނެބާ؟

18. ކޮންމެ މީހެއް، ކޮންމެ ފެމެލީ އެއްގެ ޒިންމާ ނަންގަވައި

ޞިއްޙަތަށް ފަރުވާ ކުރަން މޮޅު ޑޮކްޓަރަކު ދެވިދާނެބާ؟

19. ސްޕެޝަލިސްޓުން، ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ޢާންމު ކޮށް

ހުނަރުވެރި މޮޅު ޑޮކްޓަރުން ހުރިހާ ރަށަށް ދެވިދާނެބާ؟

20. ސީމިއާ ތެލަ ބަލި ކުދިންނަށް ލޯބި ދީގެން ލައި އަޅާ

ސީރިއަސްވެ އެ ބަލިތަކަށް ފަރުވާ ހިލޭ ދެވި ދާނެބާ؟

21. ބޯން މެރޯ ހެދުމަށް އެދޭ ހަމަ ކޮންމެ ބަލި ކުޑަ ކުއްޖަކަށް

ރޯން ނުޖެހި އެކަމުން ސަލާމަތްވާން އެހީ ވެވިދާނެބާ؟

22. މީހުނަށް ބަލި ޚާއްޞަ ކޮށްގެން އުފުލުމަށް އެކި ރަށްރަށުން

ރީތިކޮށް އުދުހޭނެ ބޯޓެއް ޚިދުމަތަށް ނެރެ ދޭނެބާ؟

23. ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ ކުރާން

ރާއްޖެއިން ބޭރުން ލިބޭނޭ ގޮތް ހަދައި ދެވިދާނެބާ؟

24. ކުއްލި ޙާލަތުގައި ދިމާވާ ކަންކަމަށް ތެރިވާން އެހީ

ކޮންމެ އަތޮޅުގެ ހޮސްޕިޓަލަކަށް ލޯންޗް ހޯދައިދޭނެބާ؟

25. ޚާއްޞަ ވި އެހީއަށް އެދޭ ހަމަ ކުޑަ ކުދީންނާ މީހުނަށް

ޚާއްޞަ ކޮށް ކިޔޫގައި ނުޖެހި ފަރުވާ ލިބެން ހުންނާނެބާ؟

26. ކޮންމެ އަހަރަކުވެސް މަތީ ތަޢުލީމު ހޯދަން ދޭން ބުނާ

ކޮންމެ ވެސް ރޮނގަކުން ދެހާސް ފުރުޞަތު ހިލޭ ދެވިދާނެބާ؟

27. ފަންނުވެރި ހުރިހާ މަސައްކަތްތައް ޒުވާނުން ދަސްކުރާން

ފަންނުގައި އާރޓުގެ ހުނަރުދޭ މަރުކަޒެއް އެޅިދާނެބާ؟

28. ފެށުމުގައި ވިޔަފާރި ބޭނުންވާ ޒުވާނުންނަށް ޓަކައި

ނަގުދު މިލިޔަން ސައްތައިން ދުއި ލޯނު ދޭން ކެރި ދާނެބާ؟

29. ނަން ވިދާ ދުނިޔޭގެ ފެންވަރު ޓެކްނިކެއް ޕޮލިދީ ހަދައި

ފަންނުގައި ކުރިއަށް ދެވޭނޭ ހުނަރު ދަސްކޮށް ދޭނެބާ؟

30. ސާނަވީ ތަޢުލީމު ތެރެއިން ކުރެހުމާ އަދި ކުޅިވަރާ

ފޫހި ފިލުވަން ފަންނުތައް ދަސްވާނެ މަގު ފަހި ވާނެބާ؟

31. ކުޅިވަރުން ހަށިގަނޑުގެ ތަރުބިއްޔަތު ޒުވާނުން ހޯދުމަށް

ކުޅިވަރުގެ ފުރިހަމަ އެކަޑަމީއެއް އުފައްދައި ދޭނެބާ؟

32. ބާރުހުރި އިތު ސަބްސިޑީ ދޭ މޮޅު ނިޒާމެއް ޚާއްޞަ ކޮށް

ޑޭކެއަރ ދޭން ކުޑަ ކުދިންނަށް ސެންޓަރެއް އެޅިދާނެބާ؟

33. މާމޮޅަށް ކޮށްފައި ތަރައްޤީ ލައްކަ ބައި އެ ޒުވާނުނަށް

ޚާއްޞަކޮށްގެން ބޮޑު ސިޓީ އެއް ފަހެ ތަރައްޤީ ވާނެބާ؟

34. ފަސްދޮޅަސް ފަސްއަހަރު ހަމަވާ ޝަރަފް ވެރިވި މުއައްޒަފަށް

ފަސްނުޖެހި އެބުނާ ދެލައްކަ ނަގުދު އަތަށް ދެވިދާނެބާ؟

35. މީހުނަށް ޢުމުރުން ދުވަސްވީ ތެރިވެ އޯގާވާނެހެން

ސޭހަވީފަ ނިޒާމަކުން ފަހެ ޑޮކްޓަރަށް ދެއްކޭނެބާ؟

36. ނުޖެހި ކިޔުގައި ކޮންމެ ތަނަކުން ޚިދުމަތަށް އެދިގެން އެދާ

ޢުމުރު ދޮށިވީ މީހުނަށް ޚިދުމަތް ލިބެން ހުންނާނެބާ؟

37. ރީތަކުންފެ އެ ދަތުރުތަކުގައި މީހުނަށް ޢުމުރުން ދޮށީ

ރީތިކޮށް އަގަކާ ނުލައި ކުރެވެން ދަތުރު އޮންނާނެބާ؟

38. ސީރިޔާ ފަސް އަހަރުވާއިރު ޤީތަރައް ކޮށްދޭން ބުނާ

ނާ ތެދޭ ފަންސާސް ރިސޯރޓް މުޅިން ހަދައި ނިންމޭނެބާ؟

39. ގައި ސުނާމީ ހާލުގައި ޖެހި ބިކަވެފައިވާ މީހުނަށް

ވެރިކަމުގެ ފުރަތަމަ އަހަރުގައި ގެދޮރު ހޯދައި ދޭނެބާ؟

40. ގޯތި ލިބި ގެދޮރުގެ ޢިމާރާތް ނުހެދި ވާހާ މީހުނަށް

ލޯނު އިސްކީމުން ގެދޮރު ހެދުމަށް އެ ފުރުޞަތު ދޭނެބާ؟

41. ގެދޮރުނެތި ނިކަމެތި ވެފައިވާ ޢާއިލާ ތައް ބައްލަވައި

އެފަދަ ނިކަމެތި އެންމެނަށްވެސް ގެދޮރު ހޯދައި ދޭނެބާ؟

42. ކަން ކޮޅުން ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަށް ބުނާ

ގެސްޓް އައިލެންޑް ތައް މި ވެރިކަމުގައި ތަޢާރަފް ވާނެބާ؟

43. ރާއްޖެއިން ތެޔޮ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން

ޙާއްޞަ ކޮށް ކަންތައް ތަކެއް އެކަމަށްޓަކައި ކޮށް ދޭނެބާ؟

44. ފަސް އަހަރު ނިންމާ ލެވޭއިރު އެކި ދިމާއިން ޤައުމުގައި

ހާސްނުވަދިހަ ހަތަރުވަޒީފާ އަލަށް އުފައްދައި ދޭނެބާ؟

45. ފެންވަރަށް ދުނިޔޭގެ ބެލެވޭ ތިން ދިމާލުން ޤައުމުގައި

ފެންވަރުގެ ތިންޓޫރިޒަމް އިސްކޫލު ޤާޢިމް ވާނެބާ؟

46. މަސްވެރިން ކަމުގައި އުޅޭ ހުރިހާ ޒުވާނުންނަށް ޓަކައި

މަސްވެރިންނަށް ކޯޕަރޭޓިވްތައް އުފައްދައި ދޭނެބާ؟

47. ވާރެ ނުވެހޭ ދުވަސްތަކެއް އައުމުން ފެނަށް ނުޖެހޭނެހެން

މީރުފެން މެޝިނުން އުފައްދައި، ރަށްރަށަށް ދެވިދާނެބާ؟

48. ރާއްޖެ ތެރެއިން ވަކިރަށެއް ހަމަ އުނިނުކޮށް ހުރިހާ ރަށަށް

ޚާއްޞަކޮށްގެން ނަރުދަމާގެ ނިޒާމް ހަމަޖައްސާނެބާ؟

49. ދަނޑުވެރިންނަށް މަހަކު އަށްހާސް ނަގުދު ލިބިދޭ މިންވަރަށް

ދަނޑުވެރިންގެ ޞިނާޢަތެއް ފުރިހަމަ ތަރައްޤީ ވާނެބާ؟

50. ރާއްޖެއިން ހައްދާ ތަކެތި އުތުރާއި ދެކުނުން ދަނޑުވެރިން

ލާކުހަ ނުވާހެން ބަހައްޓަން ” ފިނިކޮޓަރި ” ހެދިދާނެބާ؟

51. ދަރިވަރުން އިސްކޫލު ނިންމާ ކިޔެވުމަށް އިތުރަށް އެދޭ

ފަހިގޮތެއްގައި ކިޔެވުމަށްމަގު ފަހިކޮށެއް ނުދެވޭނެބާ؟

52. ޅަފަތުގައި ތަޢުލީމު ބިންގާ ހަރުދަނާ ކުރުމަށްޓަކައި

މަދަރުސާ ޅަފަތުގެ ހިލޭ ތަޢުލީމު ދޭން ކެރިދާނެބާ؟

53. ހިތް އެދޭ ވަރު ކާމިޔާބެއް ނުލިބި އިސްކޫލުން ނިމޭ

ދެން އަލުން ކިޔަވަން ކުދިންނަށް ފުރުޞަތެއް ލިބިދާނެބާ؟

54. ރީތި ދިރިއުޅުމެއް އުޅެން ފުރުޞަތު ލިބޭނޭ މިންވަރަށް

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެންނާނެބާ؟

55. ގެދޮރު ނެތި އެކި ރަށްރަށުން ކިޔަވައިދެމުންދާ ތީޗަރުން

ގެދޮރު ވެރި ކުރުވަން ސްކީމެއް ފަހެ ތަޢާރަފް ވާނެބާ؟

56. އަންހެނުންނަށް ހުރި ހުރަސްތައް ނެތި ފިލައިގެން ދާނެހެން

ކޮށްލުމަށް ފުރުޞަތު ވަޒީފާއެއް އަދާ އޮންނާނެބާ؟

57. އިންޓަރ ނެޓްގެ ވަޞީލަތުން މަސައްކަތްތަކެއް ކުރެވޭނެހެން

އަންހެނުންނަށް އެކި ވަޒީފާތައް ލިބެން ހުންނާނެބާ؟

58. ޚާއްޞަ ކޮށްގެން އަންހެނުންނަށް މަންޓްތައް އިންވެސް މިތާ

މާ ފަސޭހަ ކަމާ އެކީ ހޯދައި ދެވެން އޮންނާނެބާ؟

59. ކޯޕަރޭޓިވް ސޮސައިޓީތައް އަންހެނުން ނަށް ދީހަދައި

ފޯރިއާ އެކު އަންހެނުން ބައިވެރި ކުރަން ކެރިދާނެބާ؟

60. މިހިރަ ކަންކަން ވަމުން ނުދާނަމަ ރައްޔިތުންނަށް ވަޢުދުވީ

މިތިބަހެން ގިނަ ރައްޔިތުން ރުހިގެން މަޑުން ތިބެދާނެބާ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355