twitterviber whatsapp telegramfacebookyoutube instagram
18th August 2026

ދިވެހިންގެ މީ ދިވެހިބަސް ، ދިވެހިންގެ މާދަރީބަސް

Feb 21, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ. ކުޅުދުއްފުށި

ދިވެހިންގެ މީ ދިވެހި ބަސް ދިވެހިންގެ އެންމެ ފޮނިބަސް

ދިވެހިންގެ ފަޚުރަކަށްވާ ދިވެހިންގެ މާދަރީބަސް

އެއް އަކުރަކުން ލިޔެކިޔައި އެއް އަޑު ތަކެއް އެކުލެވޭ

އެއް ޤައުމަކަށްވި ނިސްބަތް ދިވެހިންގެ މާދަރީބަސް

ރާއްޖޭގެ އެކި އަތޮޅު ތައް ވިޔަކަސް ތަފާތު ބަސްތައް

ރާއްޖޭގެ ރަމްޒަކަށްވާ ދިވެހިންގެ މާދަރީބަސް

ދިވެހިންގެ މީ ތަރިކައެއް ދިވެހިންގެ މީ އަރުތައެއް

ދިވެހިންގެ ބަސް މޮށެއުޅޭ ދިވެހިންގެ މާދަރީބަސް

މާޒީވި ކާބަފައިން ނާ އޭރުގެ އުޅުނު އަދީބުން

މާ ޢިއްޒަތެއް އެއަށް ދިން ދިވެހިންގެ މާދަރީބަސް

ބަންޖާއި ރައިވަރާ، ކާ ، ޅެން، ފަރިހި ، ރީތި ލަވަޔާ

ދަންނާށެ ހެދި ބަހެއްމީ ދިވެހިންގެ މާދަރީބަސް

ކުރެވޭ ހިދުން އެ އިޙްސާސް ވެވިދާ ގޮތެއްގެ އަޅުދާސް

ބުނެވޭނެގޮތް މޮޅަށްހުރި ދިވެހިންގެ މާދަރީބަސް

ކުރިތައް ލަމުން ހެދޭގަސް ފަދައިން އަރާ ހެދޭބަސް

ކުރިއަށް ދަނީ މިހެން އޮވެ ދިވެހިންގެ މާދަރީބަސް

މިއަދުގެ ޒުވާން މި ޖީލަށް ވާޞިލުވެފައި ވި ފަދައިން

ކުރިމަގު ހިފަން އުފުލަމާ ދިވެހިންގެ މާދަރީބަސް

ދިވެހިންގެ ދިވެހި ޤައުމާ އޮތްހާ ހިނދަކު އުޑާ، ބިން

ނެތިގެން ނުދާނެ މިބަހެއް ދިވެހިންގެ މާދަރީބަސް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355