twitterviber whatsapp telegramfacebookyoutube instagram
26th April 2024

އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް ގޭގެއަށް ލައިދިނުމުގެ އަގު ދިރާގުން ހެޔޮކޮށްފި

Feb 22, 2014

ދިރާގު އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ގޭގެއަށް ލައިދިނުމުގެ އަގު 50 އިންސައްތަ އަށް ވުރެ ބޮޑުތަން ހެޔޮކޮށްފި އެވެ.

އެގޮތުން ތަނުގައި ދިރާގުގެ މަސައްކަތްކުރާ ފޯނު ލައިނެއް ހުރެއްޖެނަމަ އިންޓަނެޓް ގުޅައިދޭ އަގަކީ 150ރ އެވެ. ކުރީގެ އަގަށް ބަލާއިރު މިއީ 350ރ ގެ ހެޔޮ ވުމެކެވެ.

ތަނުގައި މަސައްކަތްކުރާ ކޭބަލެއް ހުރި ނަމަ އިންޓަނެޓް ލައިދިނުމަށް ކުރިން ދައްކަން ޖެހެނީ 1000ރ އެވެ. ނަމަވެސް މިހާރު ވަނީ އެ އަގުގެ ހަތަރު ބައިކުޅަ އެއްބަޔަށް ހެޔޮ ކުށްފަ އެވެ. މިހާރު ދައްކަން ޖެހޭނީ އެންމެ 250ރ އެވެ.

ކޭބަލް މުޅިން އަލަށް އަޅަން ޖެހުނު ކަމުގައި ވިޔަސް އޭޑީއެސްއެލް ގެ ހިދުމަތް ބޭނުން ކުރައްވާތާ އެއް އަހަރު ވެފައިވާނަމަ އިންޓަނެޓް ގުޅައިދޭ އަގަކީ އެންމެ 500ރ އެވެ. އެއީ އިމާރާތް ބަދަލު ކުރި ފަހުން 6 މަސް ވެފައިވާނަމަވެސް އެވެ.

މިހާރު ދިރާގުން ބޭނުން ކުރާ ނިސްބަތުން އަގު ނަގާ ތަފާތު ޕެކޭޖުތަކުގެ އިތުރުން ތަފާތު އެތައް އަންލިމިޓްޑެޑް ޕެކޭޖުތައް އަދި ގިނަ ސްޓޫޑެންޓް ޕެކޭޖުތަކެއް ލިބެން ހުރެ އެވެ.

ދިރާގު ސީނިއަރ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދް ޖަލީލް ވިދާޅުވީ މިހާރަކާށް އައިސް ކޮންމެ ގެއެއްގައި ދިރިއުޅޭ ބޭފުޅުންވެސް އިންޓަނެޓްގެ ހިދުމަތަށް ބަރޯސާވެފައިވާ ކަމަށެވެ. މިގޮތުން ސްކޫލުކުދިންގެ ޕްރޮޖެކްޓުތައް ހެދުމަށާއި، ކިޔެވުމަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށާއި، ކެއްކުމުގެ ރެސެޕީތަކާއި، ދުވަހު ހަބަރު ވިދާޅުވުމަށާއި، ސްމާޓް ޓީވީތަކުން ޔޫޓިއުބް ވީޑިއޯ ބެއްލެވުމަށާއި އެހެނިހެން ކަންތައްތައް ކުރުމަށް އިންޓަނެޓްގެ މައްޗަށް ބަރޯސާވުން ވަނީ އާންމުވެފައި ކަމަށެވެ. އަދިވެސް އޭނާ ވިދާޅުވީ ދިރާގުން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ރަގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355