twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ދޮގެއްތަ؟

Feb 25, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

މަލުގެ މީރުވަސް ފެތުރެނީ ފަރިވެލީމައި

ރަލުގެ މަސްތުކަން ވެރިވަނީ ރަހަ ބެލީމައި

އަނދިރިކަން ލޮލަށް ވެރިވަނި ރޭވެލީމައި

އަނދިރިކަން ފިލައިގެން ދަނީ އިރު އެރީމައި

ޤަދަރު ހިތްތަކުން ލިބިދަނީ ހަނު ހުރީމައި

މަދަދުވެރި އިޔާރެއްގެ ގޮތުގައި ހުރީމައި

ކޮޅަށް ހުރެވެނީ ގައިގަ ވަރުވެސް ހުރީމައި

މޮޅަށް ދަސްވަނީ ރީތިކޮށް ފޮތް ބެލީމައި

ދެކެން ހިތް އެދޭނީ ހިތުން ލޯބިވީމައި

މެކެން އަތް ދެރޭނީ އެ ފުރުޞަތު ދިނީމައި

ހުޅުން ރޯވެ އަނދަނީ އެއަށް ދަރު އެޅީމައި

އުޅުން ހުރި އެނގޭނީ ގުޅުން ބަދަހި ވީމައި

ދަރިން މަގު އޮޅޭނޭ “އަނދިރި” ލޯބި ވީމައި

ދަރިންނަށް ރަނގަޅުގޮތް ބުނެލަ ނުދެވުނީމައި

އުޅެން އެކު އެދޭނީ ލަފާ ގޮތް ހުރީމައި

ގުޅެން އިސްނަގާނީ ރުހުންވެސް އޮތީމައި

ހިތަށް އަސަރު ކުރަނީ ޒަމީރެއް އޮތީމައި

ހިތަށް އެކި އަސަރުތައް ކުރާގޮތް ހުރީމައި

ކަމެއް ރަނގަޅުވާނީ ޝައުޤެއް ހުރީމައި

ކަމެއް ރަނގަޅު ކުރެވޭނެ ވިސްނުން ހުރީމައި

މަހެއް ދިރިއުޅޭނީ އުޅެން ފެން އޮތީމައި

ގަހެއްވެސް ހެދޭނީ އެއަށް ފެން ދިނީމައި

ތަނެއް ކުރި އަރާނީ އަމާން ކަން އޮތީމައި

ތަނެއްގައި އުޅޭ ބަޔަކު ގުޅިގެން ތިބީމައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355