twitterviber whatsapp telegramfacebookyoutube instagram
8th May 2024

އޮސްކާގެ އެންމެ މޮޅު ފިލްމަކަށް މިއަހަރު “12 އިޔާރސް އަ ސްލޭވް”

Mar 5, 2014

86ވަނަ އެކަޑަމީ އެވޯރޑްސްގެ އެންމެ މޮޅު ފިލްމަކަށް މިއަހަރު ސްޓީވް މެކްކުއީން ޑައިރެކްޓުކުރި “12 އިޔާރސް އަ ސްލޭވް” ހޮވިއްޖެ އެވެ.

މިއީ އަޅުވެތިކަން އިހުސާސްކޮށްފައިވާ ހުރިހާ މީހުންނަށާއި މިހާރުވެސް އަޅުވެތިކަން އިހުސާސްކުރާ މީހުންނަށް ހެދިފައިވާ ފިލްމެއްކަމަށް ޑައިރެކްޓަރު ވިދާޅުވި އެވެ. މި ފިލްމުގައި ދައްކުވައިދެނީ އެފްރިކާ އެމެރިކާގެ ރައްޔިތެއް ވަގަށްނަގައި ވިއްކާލެވޭ މަންޒަރާއި އޭނާގެ އަޅުވެތި ހަޔާތެވެ.

12 އިޔާރސް އަ ސްލޭވް އަށް ތިން އޮސްކާ ލިބިފައިވީ ނަމަވެސް މިއަހަރުގެ ރަސްމިއްޔާތުގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ހަތް އޮސްކާ ލިބުނު “ގްރެވިޓީ” އަށެވެ.

އެގޮތުން ވިޒުއަލް އެފެކްޓްސް، ސައުންޑު އެޑިޓީން، ސައުންޑް މިކްސިންގ، ސިނެމެޓޯގްރަފީ، ފިލްމު އެޑިޓިން އަދި އޮރިޖިނަލް ސްކޯގެ އެވޯޑުވެސް ދަމައިގަނެފައިވަނީ ގްރެވިޓީއިންނެވެ. މީގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހޯދާފައިވަނީ ގްރެވިޓީ ހެދުމަށް 4 އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެކްސިކޯގެ އަލްފޮންސޯ ކުއަރޮން އެވެ. މި ފިލްމުގައި ދައްކައިދެނީ ޖައްވީ މިޝަންއެއް ނާކާމިޔާބު ވެގެން އުޅެ މަންޒަރެވެ.

12 އިޔާރސް އަ ސްލޭވް އިން އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސްގެ އެވޯޑު ފުރަތަމަ ފަހަރަށް އޮސްކާއަށް ނޮމިނޭޓްވި ލުޕިތާ ޔެންގޯއަށް ލިބިފައިވެ އެވެ. އަދި މި ފިލްމަށް އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑުވެސް ލިބިފައިވެ އެވެ.

12 އިޔާރސް އަ ސްލޭވްގެ އިތުރުން އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދުމަށް ވާދަކުރި “ޑެލަސް ބަޔާރސް ކުލަބު” އަށްވެސް ތިން އެވޯޑު ލިބިފައި ވެ އެވެ.

އެންމެ މޮޅު އެކްޓަރެއްގެ އެވޯޑު ލިބިފައިވަނީ މި ފިލްމުގައި މެތިއު މެކްނޮގީ ކުޅެފައިވާ ރޯލަށެވެ. އަދި “ބުލޫ ޖެސްމިން” އަށް ކުޅެދީފައިވާ ރޯލުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހާސިލްކުރީ ކޭޓް ބްލެންކެޓް އެވެ.

އެންމެ މޮޅު އެނިމޭޓެޑް ފިލްމަށް ހޮވިފައިވަނީ ވޯލްޓް ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ “ފްރޯޒަން” އެވެ. އަދި އެންމެ މޮޅު މިއުޒިކުގެ އެވޯޑުވެސް ލިބުނީ އެފިލްމުން މަޝްހޫރުވި “ލެޓް އިޓް ގޯ” އަށެވެ.

[yass cats=55]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355