twitterviber whatsapp telegramfacebookyoutube instagram
18th August 2026

400 އަށް ވުރެ ގިނަ ބިސް އަނގަ ތެރޭގައި ފީކުރަނީ

Mar 23, 2014

މަސްމަހާމެހީގެ ތެރޭގައި ވެސް އާދަޔާ ހިލާފު ކަންތައްތައް ކުރާ މަސް އުޅެއެވެ. މިގޮތުން ޖޯ ފިޝް އޭ ކިޔާ ބާވަތުގެ މަހަކީ 400 އަށް ވުރެ ގިނަ ބިސް އޭތީގެ އަނގަ ތެރޭގައި ބަހައްޓައިގެން ފީކުރާ މަހެކެވެ. މިވައްތަރުގެ އަންހެން މަސް ފިރިހެން އެތީގެ އަނގަ ތެރެއަށް ބިސް އެޅުމުން އެބިސްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ކޮށްދެނީ ފިރިހެން މަހެވެ.

ފިރިހެން މަހަށް މަޖުބޫރުވެފައިވަނީ އޭތީގެ އަނގަ އެތައް އިރަކު ހުޅުވައިގެން އޮތުމަށެވެ. އެއީ ބިސް ތަކު ތެރޭގައި ފެން ދައުރުވާ ގޮތް ހެދުމަށެވެ. ބިސް ތަކަށް އޮކްސިޖަން ލިބޭނޭގޮތް ހެދުމަށެވެ.

ބޭރު ތެރެއަށް ގޮސް އެފަދަ އެހެން މަސްތައް ފަދައިން މަސް ހިފާ ކައި އުޅުމަކީ ވިހާ ދުވަސްވަރު ފިރިހެން މަސް ކުރާ ކަމެއް ނޫނެވެ. މުޅި ދުވަސް ހޭދަ ކޮށްލަނީ އޭތީގެ ހޮރު ތެރޭގައި އޮތުމުގަ އެވެ. ކައި އުޅެނީވެސް ފެނުގެ ތެރޭގައި ދައުރުވާ ކުދި ކާ އެތި ފުށްފުކެވެ.

މިއީ އެންމެ ދަރިއެއް ބަނޑު ތެރޭގައި އިނުމުން އުނދަގޫވެގެން ޝަކުވާ ކުރާ އަންހެނުންނަށް ނަމޫނާ އެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355