އާދަމް އިބްރާހީމް ދުރުމީ، ހދ. ކުޅުދުއްފުށި
ހަމަ ނެތޭ އެއްވެސް ކުށެއް އެކުދިންގެ އިހުމާލުން ވެފާ
ހަމަތަކާ އިންސާފްވޭ ތަޤްދީރުގައި މޮޅު ލިޔެވިފާ
ސިފަޔަކުން އެއްވެސްތަފާތެއް ނުފެނެޔޭ ބެލިޔަސްވެފާ
ސިފަކުރާނެ ގޮތެއް ނެތީމާ މޮޅިވަނީ ހިތް ދެރަވެފާ
އެކަނި ވެރި ކަމުގާ ތިބޭ މުޅި ހިތް އެކީ މާޔޫސް ވެފާ
އެކަނިވެރިކަން އިޚްތިޔާރު ކުރޭ މުޅިންވެސް ދުރުވެފާ
އަހަރެމެން ކަން ބޮޑުވެގެން އުޅުނަސް އެކަންވެސް ނޭގިފާ
އަހަރެމެންނާ އެކު އުޅޭނެ ގޮތެއް ވިޔަސް ހަމަ ނޭގިފާ
ރީތިކޮށް ގޮވިޔަސް ނަމުން ނުބަލާނެ އިނދެ ފަސް އެނބުރިފާ
ރީތި އެއްޗެއް ދެއްކިޔަސް ނުބަލާ އިނދޭ އިސްޖެހެވިފާ
ދެއްކިޔަސް ވާހަކަ ނިކަން ކައިރީގަ ހުރެގެން ވެވި އުފާ
އެއްފަހަރު މޫނަށް ބަލާ ހީލާ ހަދަން ވެސް ނޭނގިފާ
ގޭގެ ކަނަކަށް ވަދެ އިނދޭ މުޅި ދުނިޔެއާ އެކަހެރިވެފާ
އޭގެ ސަބަބެއް ނޭނގެޔޭ ބުނެދޭކަށެއް ސިފަ ކުރެވިފާ
އިވިލިޔަސް ވަކި އަޑުތަކެއް ހަމަ އިންނަނީ ރުޅިގަދަވެފާ
ނިވިފަހުއްޓަސް އަލި ވަށައިގެން ނޫޅެޔޭ ކަން ބޮޑުވެފާ
ކައިރިކޮށްގެން ލޯ ވަރަށް ކުޅެލަން އިނގިލި ބޭނުންވެފާ
ކައިރިޔަށް މީހަކު އަޔަސް އެކަމަށް ސަމާލެއް ނުދެވިފާ
ހެއްލިޔަސް ދައިދޯ، އުކާ ހެދިޔަސް މަޖާ ވާން ނޭނގިފާ
އެއްލިޔަސް މައްޗަށް އެކަމުގައިވެސް ތަފާތެއް ނޭނގިފާ
މާމަތިން ބޯޓެއްދިޔަސް ފެނިފާ އެކަމުގައި ފޮނިވެފާ
ދާމަގެއްވެސް ނޫޅެޔޭ ދައްކާ ކަށެއް މާ ބޮޑުވެފާ
އެއްކަމެއްވެސް މިގޮތުގާ ހުރިނަމަ ކުރިންވެސް ނޭނގިފާ
ހެއްކަކަށް ފުދެޔޭ މިކަންކަން އޯޓިޒަމް ކަމުގާ ވެފާ