twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޔަމަހާގެ ސަރވިސް ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި

Apr 11, 2014

ދުނިޔޭގެ އެންމެ ގިނަ އައުޓްބޯޑު އިންޖީނު އުފައްދާ ބްރޭންޑު، ޔަމަހާގެ ސަރވިސް ސެންޓަރެއް ކަމަށްވާ “ޝާފިއު މެރިން އިންޖިނިއަރިންގ ސޮލިއުޝަން” ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މިސެންޓަރު ޔަމަހާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސޯލް ޑިސްޓްރިބިއުޓަރު ކަމުގައިވާ އެލިއާގެ އޮތޮރައިޒްޑް ސާރވިސް ސެންޓަރެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައިދެއްވީ އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު ޢަލީއާއި، ހދ.އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާޞިރު އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ޔަމަހާ މޮޓޯ ޖަޕާނުގެ އިސްވެރިންނާއި އެލިއާ އިންވެސްޓްމެންޓްސްގެ އިސްވެރިންގެ އިތުރުން ހދ. އަތޮޅު ކައުންސިލަރުން އަދި ކުޅުދުއްފުށީ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ ވިޔަފާރީގެ ހަބްގެ ގޮތުގައި ބެލެވޭ ރަށަކަށްވާއިރު މިގާއިމް ކުރެވުނު ސާރވިސް ސެންޓަރުން ޔަމަހާ ވޯޓާ ވެހިކަލްގެ އިތުރުން ޔަމަހާ އިންޖީނުގެ ކުދި މަރާމަތުތަކުން ފަށައިގެން މޭޖަރ އޯވަރ ހޯލްގެ މަސައްކަތްތައް ވެސް ކޮށްދޭނެ އެވެ. ޔަމަހާ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމުގެ ތަޖުރިބާއާއި ތަމްރީނު ލިބިފައިވާ ޝާފިއު މެރިން އިންޖިނިއަރިންގ ސޮލިއުޝަންގެ މެކޭނިކުން ހިދުމަތްދޭ މިސެންޓަރުން މިމަހުގެ ތެރޭގައި އައުޓްބޯޑް އިންޖީނާއި އޭގެ ސްޕެއަރ ޕާރޓްސް ގަންނަން ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

މިއަހަރަކީ ޔަމަހާ އާއި އެލިއާ ގުޅިގެން ރާއްޖޭގައި ޔަމަހާ އައުޓްބޯޑްގެ ހިދުމަތް މެދުކެނޑުމެއްނެތި ދެމުން އަންނަތާ 40 އަހަރު ފުރޭ އަހަރެވެ. އަދި އެލިއާ އިންވެސްޓްމެންޓްސްއަށް މިއަހަރު 50 އަހަރު ފުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355