twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ދުނިޔޭގެ 201 ގައުމަކަށް މަތިންދާބޯޓަކާ ނުލާ ދަތުރުކުރި ފުރަތަމަ މީހާ

Apr 24, 2014

ގިނަ ގައުމުތަކަކަށް ދަތުރުކުރާ މީހުންތަކެއް ދުނިޔެ ދެކެފައިވެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމަކަށްހެން ދަތުރުކޮށްފައިވާ މީހުންވެސް ހިމެނެ އެވެ. އެހެން ނަމަވެސް އިންގްލޭންޑްގެ ލިވަޕޫލް ގްރަހަމް ހިޔުޖްސްއަކީ ދުނިޔޭގެ އެއްމެ ގިނަ ގައުމުތަކަކަށް މަތިންދާބޯޓެއް ބޭނުންނުކޮށް ދަތުރުކުރި ފުރަތަމަ މީހާ އެވެ.

އޭނާ ވަނީ ދުނިޔޭގެ 201 ގައުމަކަށް މަތިންދާބޯޓަކާ ނުލާ ދަތުރު ކޮށްފަ އެވެ.

33 އަހަރުގެ ގްރަހަމް މިދަތުރުތަކުގައި ބޭނުންކޮށްފައިވަނީ ބަހާއި ޓެކްސީގެ އިތުރުން ރޭލު އަދި ކަނޑުގައި ދަތުރުކުރާ އުޅަނދުތަކެވެ. ނަމަވެސް 160،000 މޭލު ދަތުރުކުރަން އޭނާއަށް ނެގީ އެއްމެ 1426 ދުވަހެވެ. ނޫންނަމަ ގާތްގަނޑަކަށް 4 އަހަރު ދުވަހެވެ.

މިދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ ކުޑަ ބޯޓެއްގައި 4 ދުވަސްވަންދެން ކަނޑުގައި ދަތުރު ކޮށްފަ އެވެ. ޖާސޫސެއްކަމަށް ތުހުމަތު ކުރެވިގެން ހަފްތާއަކަށް ޖަލަށް ލެވިފަ އެވެ. އަދި ރަޝިއާއަށް ސިއްރުން ވަންނަން އުޅުމުގެ ތެރޭގައި ހައްޔަރު ކުރެވިފަ އެވެ.

މިދަތުރުތަކަށްފަހު ގްރަހަމް ވަނީ އެއްމެ ގިނަ ގައުމުތަކަށް އަހަރެއްގެ ތެރޭގައި ބިމާއި ކަނޑުގެ ދަތުރުފަތުރު ކޮށް ދިޔަ މީހާގެ ލަގަބު ލިބި ގިންނެސް ބުކް އޮފް ވޯލްޑް ރިކޯޑްސް އަށް އަރާފަ އެވެ.

-ދަ މައިންޑް އަންލީޝްޑް-

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355