twitterviber whatsapp telegramfacebookyoutube instagram
19th May 2026

ރެއިންބޯ ޔޫކަލިޕްޓަސް – ކުލައިގެ ގަސް

Apr 29, 2014

އާންމު ނަމުން ނަމަ ރެއިންބޯ ޔޫކަލިޕްޓަސް ނުވަތަ ރެއިންބޯ ގަމް އަކީ އެގަހުގެ ނަމާ އެއްގޮތަށް ވަރަށް ހާއްސަ ސިފައެއް ލިބިފައިވާ ގަހެކެވެ.

އެގޮތުން ގަހުގެ ނަމުން ދޭހަވާ ގޮތަށް ރެއިންބޯ ނުވަތަ ވިއްސާރަދުނީގެ ބައެއް ކުލަތަކާއި އިތުރު ކުލަތަކުން މިގަހުގެ ގަސްގަނޑު ފެވިފައިވެ އެވެ. ގަހުގެ އެތެރެ ތޮށިގަނޑު ގަދަ ފެހިކުލާގައި ހުރި ކަމުގައި ވިޔަސް އެތޮށިގަނޑު ގިނަ ދުވަސްވުމުން ކުލަ ބަދަލުވެ އެވެ. ނޫ ކުލަ އާއި ދަނބު ކުލައިގެ އިތުރުން އޮރެންޖު އަދި ރަތްކުލަ ވެސް އެގަހުގެ ތޮށިގަނޑުގައި ހުރެއެވެ.

މިގަސް ފެންނަ ގިނަ ބަޔަކަށް މިއީ ކުދިބައެއްގެ ސަމާސާއެއް ކަމަށް ހީވެދާނެ އެވެ. ނަމަވެސް މިއީ ގުދުރަތުގެ ކުޅަދުންވަންތަ ކަމެވެ.

މިގަސް ހެދެނީ ދުނިޔޭގެ އުތުރު ތަނޑިގެ ގައުމުތަކުގައި ކަމަށް ވީނަމަވެސް ޕިލިޕީންސް ފަދަ ގައުމުތަކުގައި ކަރުދާސް އުފެއްދުމަށް މިގަސް ހައްދަ އެވެ.

[yass cats=68]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355