twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބުޅަލެއް ސަލާމަތްކުރަން އުޅުނު އަންހެނެއް ގަހެއްގައި ތާށިވެއްޖެ

Jun 19, 2014

ގަހެއްގައި ތާށިވެފައިވާ ބުޅަލެއް ސަލާމަތްކުރަން އުޅުނު އެމެރިކާގެ އަންހެނަކު އެ ގަހުގައި ތާށިވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ނޯދަން ޕެންސަލްވޭނިއާގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އެރީ ގައި ހިނގި މި ހާދިސާގައި ގަހުގައި ތާށިވެފައިވަނީ 21 އަހަރުގެ ތާރާ ޑެނިސް އެވެ. ތާރާ ސަލާމަތްކޮށްފައިވަނީ 28 ފޫޓުގެ ހަރުގަނޑެއް ބޭނުންކޮށްގެން އެ ސިޓީގެ ފަޔާ ފައިޓަރުން ނެވެ.

ތާރާ ބުނިގޮތުގައި އެ ގަހުގެ ތެރެއިން ބުޅަލެއް ރޯ އަޑު އިވޭތާ ދުވަސް ކޮޅެއް ވެފައިވާ ކަމަށެވެ. އަދި އޭނާ އަށް އެ މަންޒަރު ބަލަން އުނދަގޫވާތީ ގަހަށް އަރައި ބުޅާ ސަލާމަތްކުރުމަށްފަހު އޭތި ގޮވައިގެން ފައިބަނިކޮށް ގަހުގައި ތާށިވީކަމުގަ އެވެ.

އެމެރިކާގެ މި ސިޓީ މަޝްހޫރުވެފައިވަނީ އެ ސިޓިގައިވާ ރީތި ފެންގަނޑެއް ސަބަބުންނެވެ.

-ހަފިންގްޓަން ޕޯސްޓް-

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355