twitterviber whatsapp telegramfacebookyoutube instagram
17th September 2026

60 މިލިއަން ޑޮލަރާއެކު ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނައަށް 22 ޖަންޕް ސްޓްރީޓް އަރައިފި

Jun 19, 2014

އަންޑަރ ކަވާ ކޮޕް ކޮމެޑީއެއް ކަމަށްވާ 22 ޖަންޕް ސްޓްރީޓް އުތުރު އެމެރިކާގެ ބޮކްސް އޮފީސް ޗާޓުގެ އެއްވަނަ މަގާމަށް އަރައިފި އެވެ.

ތަހުގީގުކުރާ މީހުންގެ ގޮތުގައިޖޯނަ ހިލް އަދި ޗޭނިންގ ޓޭޓަމް ހަރަކާތްތެރިވާ މިފިލްމަކީ 2012 ވަނަ އަހަރު ނިކުތް 21 ޖަންޕް ސްޓްރީޓްގެ ސީކުއަލް އެކެވެ. މި ފިލްމަށްވަނީ ރިލީސްކުރި ހަފުތާގެ ތެރޭގައި 60 މިލިއަން ޔޫއެސް ޑޮލަރު ލިބިގެންގޮސްފަ އެވެ.

އެނިމޭޓެޑް ފިލްމް ހައު ޓު ޓުރެއިން ޔުއަރ ޑުރެގަން 2 އަށް ޗާރޓުގެ 2 ވަނަ މަގާމު ލިބިފައިވާއިރު ތިންވަނަ މަގާމު ލިބިފައިވަނީ އެންޖެލީނާ ޖޮލީގެ މެލެފިސެންޓް ޑިޒްނީސް ޓޭކް އޮން ސްލީޕިން ބިއުޓީއަށެވެ.

ޓޮމް ކުރޫޒުގެ ސީފީ އޭޖް އޮފް ޓުމޯރޯއަށް ޗާޓުގެ ހަތަރުވަނަ ލިބިފައިވާއިރު މިދިޔަ ހަފުތާގެ ޗާޓުގެ އެއްވަނަ ފިލްމް ދަ ފޯލްޓް އިން އަވަރ ސްޓާރސް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293